އަމާޒު ބޯޓާ ގުޅިގެން ޓެސްޓް ހެދި 11 މީހުންގެ ތެރެއިން 9 މީހަކު ކޮވިޑަށް ޕޮޒިޓިވް

އަމާޒު ބޯޓާ ގުޅިގެން އާލާމާތްތައް ފެނި މިހާތަނަށް ޓެސްޓް ހެދި 11 މީހުންގެ ތެރެއިން 9 މީހަކު ކޮވިޑަށް ޕޮޒިޓިވެފައިވާ ކަމަށް އެންއީއޯސީ އިން މިރޭ ހާމަކޮށްފިއެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އަމާޒު ބޯޓާ ގުޅިގެން ޕޮޒިޓިވް މީހުންގެ ތެރެއިން 8 މީހަކީ ށ. ނަރުދޫ މީހުން ކަމަށެވެ. ދެން ޕޮޒިޓިވްވެފައި ވަނީ ށ. މިލަންދޫމީހެކެވެ. އަމާޒު ބޯޓާ ގުޅުން ހުރި 113 މީހަކު މިހާރު ވަނީ ހޯއްދަވައިފައެވެ. އޭގެތެރެއިން 35 މީހުންނަކީ ހައި ރިސްކް މީހުން ކަމަށް ޑރ އަފްޒަލް ވިދާޅުވިއެވެ.

އަމާޒު ބޯޓުން ފުރަތަމަ ފެނުނު ޕޮޒިޓިވް ކޭހަކީ އެބޯޓްގެ ކެޕްޓަނެވެ. އެއީ ށ. ނަރުދޫ ބޯޓެކެވެ. އެ ބޯޓު މާލެއިން ފުރީ މާލެ ލޮކްޑައުންނަށް ގެނައި ދުވަސް ކަމަށްވާ، އޭޕްރީލް 15 ވަނަ ދުވަހުގެ ތިނެއް ޖެހި އިރުއެވެ. އެ ބޯޓްގައި 98 މީހަކު ދަތުރުކޮށްފައި ވެއެއެވެ. އެ ބޯޓް މާލެއިން ފުރައިގެން 13 ރަށަކަށް ދަތުރުކޮށްފައި ވެއެވެ. އެރަށްތައް ވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.