ދުނިޔޭގައި ފެތުރެންފެށީ ކޯވިޑް-19ގެ ސަބަބުން ސްކޫލުތަކުގެ ގުރޭޑު ދިހައެއްގައި ކިޔަވާ ދަރިވަރުން ބައިވެރިވާ ސާނަވީ ނިންމާ އިމްތިހާނުތައް ފަސްކޮށްފިއެވެ.
މިކަން އަންގާފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުދަ ދުވަހު ސްކޫލްތަކަށް ފިނުވި ސާކިއުލާއެއްގައެވެ، އިމްތިހާނު ފަސްކުރެވުނީ އިމްތިހާނުތަކަށް ބޭނުންވާ ސިލަބަސް ނިންމައި އިމްތިހާނުކުތަކަށް ތައްޔާރުވުމަށް އެކަށީގެންވާ ވަރަށް ވަގުތު ލިބޭނޭ ކަމަށް ފެނިވަޑައިނުގަންނަވާތީ ކަމަށް މި ސާކިއުލާގައި ބުނެފައިވެއެވެ. އެހެންކަމުން އޮކްޓޯބަރު/ނޮވެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖީ.ސީ.އީ އޯލެވެލް އާއި އައި.ޖީ.ސީ.އެސް.ސީ އަދި އެސް.އެސް.ސީ އިމްތިހާނު އެ ދުވަސްވަރު ނުބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށް ސްކޫލްތަކަށް އަންގާފައިވެއެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިމްތިހާޏު އަލުން ބާއްވާނެ ތާރީޚެއް ކަނޑައެޅުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އުއްމީދުކުރައްވަނީ ވީހައިވެސް އަވަހަކަށް އާއްމު ހާލަތަށް ރުޖޫއަވެވޭނެ އިރަކަށް ކަމަށް މިނިސްޓަރުގެ ޓުވީޓުގައި ވިދާޅުވިއެވެ.
ގުރޭޑު ދިހައެއްގެ ފަހު އިމްތިހާނުތައް ފަސްކުރެވިފައިވީ ނަމަވެސް ކީސްޓޭޖު 5 (ގުރޭޑް 11 އަދި 12)ގެ ދަރިވަރުން ހަދާ އިމްތިހާނުތައް ބޭއްވުމަށް މިހާރު ހަމަޖެހިފައިވާ ތާރީޚުތަކަށް އިތުރު ބަދަލެއް ގެނައުމަށް ހަމަޖެހިފައި ނުވާ ވާހަކަވެސް ސްކޫލުތަކަށް ވަނީ އަންގާފައެވެ.