ކޯވިޑް-19: މާލެއިން އިތުރު 42 މީހަކު ޕޮޒިޓިވް - މީގެ ތެރޭގައި ހިމެނެނީ އެންމެ ދިވެއްސަކު

މާލެެއިން އިތުރު 42 މީހަކަށް ކޯވިޑް-19 ޖެހިއްޖެއެވެ. މިއަދު ޕޮޒިޓިވްވީ 42 މީހުންގެ ތެރޭގައި ހިމެނެނީ އެންމެ ދިވެއްސެކެވެ. ދެން ތިބީ 28 ބަނގްލާދޭޝީންނާއި އިންޑިއާގެ 13 މީހުންނެވެ. މި އަދަދާއެކު ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 163  އަށް އެރީއެވެ.

ކޯވިޑްގެ ހާލަތު ލަފާކުރި ވަރަށް ވުރެ ރަނގަޅު ކަމަށް ފެނުމާ ގުޅިގެން މާލޭ ސަރަހައްދުގައި އޮތް ފުރަބަންދަށް މިހާރު ވަނީ ލުއިތަކެއް ދީފައެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި ދުވާލަކު ކޯވިޑް-19 ޖެހޭ މީހުންގެ އެވްރެޖް އަދަދު ހުންނާނީ 40 އާއި 50 އާ ދެމެދުގައެވެ. އިއްޔެ މާލެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދަކީ 78 އެވެ. އެއީ 25 ދިވެހިންނާއި 50 ބަނގްލާދޭޝީންނާއި އިންޑިއާގެ 3 މީހުންނެވެ.

ފުރަބަންދަށް ލިއި ދިނުމާއެކު ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ލުއި ދީފައި އޮންނަ މުއްދަތުގެ ތެރޭގައި ބަލި ޖެހޭ މީހުންގެ އަދަދު ތަންކޮޅެއް ގިނަ ވަމުން ދިއުމަކީ އެކަށިގެންވާ ކަމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.