ފާއިތުވި 7 ދުވސްތެރޭ އޮޑިފަހަރަށް 40،000 ބަސްތާގެ ކާޑު އަރުވައިފި: އަމްރު

ފާއިތުވި 7 ދުވަސްތެރޭ ރަށްރަށް ކާޑު ގެންދާ އޮޑިފަހަރަށް 40،000 ބަސްތާގެ ކާޑު އަރުވާފައިވާ ކަމަށް އެސްޓީއޯގެ އެމްޑީ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ. އަމްރު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޯދަމަސް އައުމުން ކާޑުގެ ބާވަތަށް އައި ޑިމާންޑަށް ކޭޓަރކުރުމަށް ކޯވިޑްެ ދަތިތަކާއެކު ވެސް އެސްޓީއޯގެ މުއައްޒަފުން ކޮންމެ ދުވަހަކު ނުހަނު ބުރަ މަސައްކަތްތަކެއް ކުރަމުން ދާ ކަމަށެވެ.

މިއަހަރުގެ ރޯދަމަސް ދީމާވެފައިވަނީ ހާއްސަ ހާލަތެއްގައި ކަމަށްވާތީ ކާޑުގެ ބާވަތަށް އޮންނަ ޑިމާންޑު އިތުރުވެފައިވާ ކަމަށް އަމްރު ވިދާޅުވިއެވެ. އެހެން ނަމަވެސް ކާޑުގެ ދަތިކަމެއް ނެތްކަން ފާހަގަކުރެއްވިއެވެ. އަދި މާލެ ސަރަހައްދުގެ ކާޑުގެ ގުދަނުން ކާޑު ގެންދެވޭނެ ކަމަށާއި ރަށްރަށުގައި ހުރި ކާޑުގެ މިންވަރު ބެެއްލެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް 58 ރަށެެއްގެ ކައުންސިލާ ގުޅިފަައިވާ ކަމަށް ވިދާޅުވިއެވެ. އަމްރު ވިދާޅުވީ ކާޑުގެ ދަތިކަމެއް އޮތް ނަމަ އެކަމެއް ހައްލުކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި ރަށްރަށަށް ކާޑު ގެންދެވޭ މިންވަރު މި ލިންކުން ބެއްލެވޭނެ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.