ކޯވިޑް ޖެހުނު އަންހެނަކު ނިޔާވެއްޖެ

ރާއްޖޭގައި ކޯވިޑް-19 ޖެހުނު ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ. މިއީ މި ބަލީގައި ރާއްޖޭގައި ނިޔާވީ 7 ވަނަ މީހާއެވެ. ނިޔާވީ މީހާގެ އުމުރަކީ 89 އަހަރެވެ.

މިހާރު ރާއްޖޭގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ އަދަދަކީ 1829 އެވެ. މީގެ ތެރެއިން 488 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. ވުމާއެކު މި ވަގުތު ބަލިހެފައި ތިބި މީހުންގެ އަދަދަކީ 1333 އެވެ. މީގެ ތެރެއިން ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދެމުން މިހާރު ދަނީ 11 މީހަކަށެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 1569 މީހުންނަކީ ފިރިހެނުންނެވެ.  އަންހެނުންގެ އަދަދަކީ 260 އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.