ގުޅިފަޅާށާއި ވިލިވަރަށާއި ހުޅުމާލެއަށް ބިދޭސީ މަސައްކަތު މީހުން ބަދަލުކުރަނީ

މާލޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތުމީހުން ގުޅިފަޅާއި ވިލިވަރާއި ހުޅުމާލޭގައި ހަދާ ފެސިލިޓީތަކަކަށް ބަދަލު ކުރައްވާނެ ކަމަށް މިނިސްޓްރ އޮފް ޓޫރިޒމް ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ޢަލީ ވަޙީދު ވިދާޅުވި ގޮތުގައި މާލޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތު މީހުން ނިދަނީ ކޮންތަނެއްގައިކަން އެމީހުން ގެންގުޅޭ ބައެއް ވެރިންނަށް ނުވެސް އެނގޭ ކަމުގައެވެ. އެހެންވީމާ ކޮވިޑް-19 ފެތުރުން މަޑުޖައްސައިލެވޭތޯ ކުރާ މަސައްކަތުގެ ތެރެއިން ގުޅިފަޅާއި ވިލިވަރާއި ހުޅުމާލޭފގައި ހަދާ ތަންތަނަށް އެމީހުން ބަދަލު ކުރީމާ މިހާރު އެމީހުން ދިރިއުޅޭ ފެންވަރަށްވުރެ ރަނގަޅު ފެންވަރެއްގައި ދިރިއުޅެވޭނޭ ގޮތް ހެއްދެވޭތޯ މަސައްކަތް ކުރައްވާނޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މި ތިން ރަށުގައި ގާއިމު ކުރެވޭ ފެސިލިޓީތައް 7 ދުވަހުގެ ތެރޭގައި ނިންމަވާނޭ ކަމަށްވެސް ޢަލީ ވަޙީދު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.