ކޯވިޑް ޖެހިގެން އުމުރުން 83 އަހަރުގެ އަންހެނަކު ނިޔާވެއްޖެ

ކޯވިޑް ޖެހިގެން މިއަދު ރާއްޖެއިން މީހަކު ނިޔާވެއްޖެއެވެ. މިރޭ ނިޔާވީ އުމުރުން 83 އަހަރުގެ އަންހެނެކެވެ. އޭނާގެ ނަމަކީ އާމިނތު އާދަމް ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވިގޮތުގައި އެމީހާ ނިޔާވިއިރު ކޯވިޑަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގާފައިވާ ކަމަށެވެ. އެ މީހާ ހޮސްޕިޓަލަށް ގެންދެވުނީ ނޭވާލާން އުނދަގޫވެގެން ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި މީހާގެ ސާމްޕަލް ނަގާފައިވަނީ 28ވަނަ ދުވަހުގެ ފަތިހުކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އާމިނަތު އާދަމް ހިނެވުމުގެ ކަންކަން ކުރިއަށްގެންދާނީ އެމްއެންޑީއެފުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އާމިނަތު އާދަމަކީ ކޭސް 126 އާ ގުޅުން ހުރި މީހެކެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.