ކޮވިޑް-19: ސަތިރީސް މީހުން ޕޮޒިޓިވްވެ ޖުމްލަ އަދަދު 177 އަށް

ރާއްޖެއިން އިތުރު 36 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗުޕީއޭއިން ރޭ ވިދާޅުވެއްޖެއެވެ.

މިއީ މިހާތަނަށް އެއްފަހަރާ އެންމެ ގިނަމީހުން މިބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި ފަހަރެވެ. މި 36 މީހުންގެ ތެރޭގައި ހިމެނެނީ ބަނގްލަދޭޝްގެ 29 މީހުންނާއި، 6 ދިވެހީންނާއި އިންޑިއާގެ މީހެއް ކަމަށް އެޗުޕީއޭއިން ވިދާޅުވިއެވެ.

މި 36 މީހުން ޕޮޒިޓިވްވުމުން ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 177 އަށް ވަނީ އަރައިފައެވެ. އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 30 މީހުން އުޅެމުން އައިސްފައިވަނީ ދިރިއުޅެން އެކަށީގެންނުވާ ތިން ތަނެއްގައި ކަމަށް ވެސް އެޗުޕީއޭއިން ވިދާޅުވިއެވެ.

މި މީހުން މިހާރުވަނީ އައިސޮލޭޝަން ފެސިލިޓީތަކަށް ގެންގޮސްފައެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެފައިވަނީ ކޮވިޑް 19 ވަރަށްބޮޑަށް ފެތުރިފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އެކަމުން ސަލާމަތްވުމަށް އޮތް އެންމެބޮޑު ފަރުވާއަކީ ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅު ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ގެއިން ބޭރަށް ނުދިއުމާއި، ރަށުތެރޭގައި ވީއްލިގެން ނޫޅުމާއި އެޗުޕީއޭގެ އެންގުން ތަކަށް ފުރިހަމައަށް އަމަލު ކުރުން ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.