އިތުރު ދެ ދިވެއްސަކު ޕޮޒިޓިވް ވެއްޖެ

އިތުރު ދެ ދިވެއްސަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. މި ދެމީހުންގެ ކޭސް ނަންބަރަކީ ކޭސް 26 އަދި ކޭސް 96އެކެވެ. ކޭސް 26 އަކީ ކުރިން ބަލިޖެހިދާނެ ކަމަށް ބެލެވޭ މީހަކަށް ދީފައިވާ ނަންބަރެކެވެ. ނަމަވެސް ބުރާސްފަތިދުވަހުގެ ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ އެ ކޭސް ބާތިލުކޮށް އެ ނަންބަރު އެހެން މީހަކަށް ދެވޭނެ ކަމަށެވެ. 

މި ދެމީހުންވެސް އެކަހެރި މަރުކަޒަކަށް ގެންދެވޭނެކަމަށް އެޗްޕިއޭގެ ޓުވީޓުގައި ވެއެވެ. މި ދެމީހުންނާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.