ބަލިފެތުރިފައިވާ ރަށްރަށުގައި މާސްކު އެޅުން މަޖުބޫރުކޮށްފި

މިހާރު ކޯވިޑް-19 ފެތުރިފައިވާ ރަށްރަށުގައި މާސްކު އެޅުން މަޖުބޫރުކޮށްފިއެވެ. 

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޕޮލިސީ ސެކެޓްރީ ސާމިޔާ ޢަބްދުﷲ ވިދާޅުވީ މާލެ، ހުޅުމާލެ، ވިލިމާލެ، ތިަލފުށީ އަދި ގުޅީފަޅަށް ދަތުރުކުރުމުގައި އެޗްޕީއޭގެ ގައިޑްލައިނަށް އަމަލުކުަަރަން ޖެހޭނެ ކަމަށެވެ. އަދި އެއްފަސްވެފައި އޮންނަ ރަށްރަށުގައި ދަތުރުކުރާއިރު މާސްކު އެޅުން މަޖުބޫރުވާނެ ކަަމަށްވެސް ސާމިޔާ ވިދާޅުވިއެވެ.

މިހާރު މާލެ ފިޔަވައި ދިހަ ރަށެގައި ބަލި ފެތުރިފައިވާ ކަން ފާހަގަކުރައްވައި ސާމިޔާ ވިދާޅުވީ އެ ދިހަ ރަށުގައި މާސްކު އެޅުން މަޖުބޫރުވާނެ ކަމަށެވެ. މިގޮތަށް މަޖުބޫރުކޮށްފައިވަނީ ފުރަބަންދު ނިމި މާލެއިން މީހުން ރަށްރަށަށް ދަތުރުކޮށްފައިވާތީ އާއި އަދި އެއިން މީހަކަށް ބަލިޖެހިފައިވީ ނަމަވެސް އެމީހަކަށް ބަލިޖެހިފައިވާ ކަން ދެނެގަނެވިފައިނުވާނެތީ ކަަމަށް ވިދާޅުވިއެވެ.

މާސްކު އެޅުން މަޖުބޫރު ކުރި ނަމަވެސް މާސްކު ހޯދުމުުވައި ދަތިތަކެއް ދިމާވެދާނެތީ އެބޭފުޅުން ރިކޮމެންޑްކުރައްވަނީ ފޮތި މާސްކު ކަމަށް ވެސް ސާމިޔާ ވިދާޅުވިިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.