ދިވެހިރާއްޖޭގައި އިތުރު 9 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއީ ދިވެހިންގެ 4 މީހުންނާއި ބަނގްލާދޭޝްގެ 5 މީހުންނެވެ.
މި ނުވަ މީހުން ޕޮޒިޓިވްވީ ކަމަށް އެޗްޕީއޭއިން މި އިއުލާނު ކުރީ އިތުރު މީހަކު ޕޮޒިޓިވްވީ ކަމަށް އިއުލާނު ނުކުރާތާ ސައިވީސްގަޑި އިރަށްވުރެ ގިނައިރުވީ ފަނުންނެވެ. އެންމެ ފަހުން މީހަކު ޕޮޒިޓިވްވީ ކަމަށް އިއުލާނު ކުރީ މި މަހުގެ 22 ވަނަ ދުވަހުގެރޭ 2.25 ހާއިރުއެވެ.
މިއަދު ޕޮޒިޓިވްވީ 9 މީހުނާއެކު ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 95 އަކަށް އެރީއެވެ. މި 95 މީހުންގެ ތެރެއިން 16 މީހަކު ވަނީ ބަލިން ފަސޭހަ ވެފައެވެ. މި ވަގުތު ބަލި ޖެހިފައި ތިބީ 79 މީހަކަަށެވެ. މީގެ ތެރެއިން ދެ މީހަކުވީ ރާއްޖެއިން ބޭރުގައެވެ. އެއީ އިޓަލީ ދެ މީހުންނެވެ. އެ ދެމީހުން ބަލިން ފަސޭހަވީ ކަމެއް ނޭނގެއެވެ. އަދި މި 79 މީހުންގެ ތެރޭގައި ބަލި ހުރެދާނެ ކަމަށް ބެލެވޭ ދެ މީހަކުވެސް ހިމެނެއެވެ.
Haadha dhera ey.mi vabaa in alhamen emmen salaamaiy kuravvaashi.
Mi noohuga bayyaai behey live blog eh noonee haassa coverage eh kahala bayeh himanaalabala.