އޮންލައިންކޮށް ފާހަށް އެދެވޭ ގޮތް ހަމަޖައްސައިފި

މާލެ ސައުވީސް ގަޑިއިރަށް ބަންދުކުރުމާ ގުޅިގެން ޒަރޫރީ ބޭނުންތަކަށް ބޭރަށް ދާނަމަ އޮންލައިންކޮށް ފާހަށް އެދެވޭގޮތް ހަމަޖައްސައިފިއެވެ.

ކޮންމެހެން ބޭރަށް ދާން ޖެހިއްޖެނަމަ 3034444 ނުވަތަ 1665 އަށް ގުޅައި ފުލުހުންގެ ސިޗުއޭޝަން ރޫމްގައި ރަޖިސްޓްރީ ވުމަށް ފުލުހުން ވަނީ މީގެ ކުރިން އިލްތިމާސް ކޮށްފައެވެ. ނަމަވެސް އެ ނަންބަރަށް ގުޅުމުގައި ދަތިތަކެއް ދިމާވާތީ މިހާރު ފުލުހުންވަނީ އޮންލައިންކޮށް ސިޗުއޭޝަން ރޫމްގައި ރަޖިސްޓްރީ ވެވޭނެ ގޮތް ހަމަޖައްސާފައެވެ.

https://www.police.gov.mv/permit/ މި ލިންކުން ފާހަށް އެދެވޭނެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.