ސްކޫލްތައް ހުޅުވުން ހަފްތާއަކަށް ލަސްކޮށްފި

ކޮވިޑްގެ ސަބަބުން ރާއްޖޭގެ ސްކޫލްތައް ހުޅުވުން އެއް ހަފްތާއަށް ލަސްކޮށްފި އެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކު ޢަބްދުލް ޢަޒީޒު ވިދާޅުވީ ސްކޫލްތައް ހުޅުވުން އެއްހަފްތާއަށް ފަސް ކުރުމަށްފަހު ކޮވިޑް 19 ފެތުރޭ މިންވަރާއި ޙާލަތަށް ބެލުމަށްފަހު ހަފްތާއަކުން ހަފްތާއަކުން ހާލަތު ބަލަމުން ގެންދަވާ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށެވެ.

 ސްކޫލްތައް ހުޅުވުމާއި ބަންދުކުރުން ބިނާވާނީ ކޮވިޑް 19 ފެތުރޭ ޙާލަތުގެ މައްޗަށެވެ. ސްކޫލްތައް ބަންދުކުރުމަށް ހުޅުވަން ހަމަޖައްސާފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ. އެހެންނަމަވެސް ކޮވިޑް ފެތުރެމުންދާތީ ސްކޫލްތައް ނުހުޅުވުމަށް އެކިފަރާތްތަކުން ގެންދެވީ ސަރުކާރަށް ގޮވައި ލައްވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.