ކޮރޯނާ ވައިރަސްގެ އަލާމާތް އިތުރު ދެ ދިވެއްސެގެ ގައިން ފެނިގެން ޓެސްޓް ކުރަނީ

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަލާމާތްތަކެއް ފެނިގެން ދެ ދިވެއްސަކު ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ވިދާޅުވެއްޖެއެވެ.

މި ދެ ދިވެހީން ފެނިފައިވަނީ ދެ ރިސޯޓަކުންނެވެ. ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިފައިވަނީ ސެންތާރާ ގްރޭންޑް ރިސޯޓުންނާއި، އަދާރަން ކުލަބް ރަންނާޅި ރިސޯޓުންނެވެ.

މި ދެ ރިސޯޓުން ފެނުނު ދެ ދެވިހީންގެ ސާމްޕަލްތައް ނަގައި ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދެވޭނެ ކަމަށާއި ޓެސްޓްގެ ނަތީޖާ ލިބެންދެން ދެ ރިސޯޓުވެސް ވަނީ  މޮނިޓަރިންގްއަށް ލެވިފައި ކަމަށް އެޗުޕީއޭއިން ވިދާޅުވިއެވެ.

ވައިގެ މަގުން ރާއްޖެއަށް އަންނަ ފަރާތްތަކުގެ ތެރެއިން ރިސޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް ކަރަންޓީނު ކުރުމަށް މިހާރުވަނީ ނިންމަވައިފައެވެ. އޭގެ ތެރޭއިން ދިވެހީންވެސް ހިމެނެއެވެ. ކުރިން ވެސް އައީ ބޭރުންނަށް އަންނަ ދިވެހީން 14 ދުވަހު ކަރަންޓީނު ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.