ކޮވިޑް-19: ޑޮކްޓަރުންނަށް ބަދުބަސް ބުނުން ތަހައްމަލެއް ނުކުރެވޭނެ: މަބްރޫކް

ކޮވިޑް-19 އިން ރައްޔިތުން ސަލާމަތް ކުރުމަށް ޑޮކްޓަރުން ރެއާއި ދުވާލު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އެ ބޭފުޅުންގެ ޒާތާބެހި ވާހަކަތައް ފަތުރުފެތުރުން ތަހައްމަލް ނުކުރެވޭނެ ކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކް ޢަބްދުލްޢަޒީޒު ވިދާޅުވެއްޖެއެވެ.

އެންއީއޯސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ އެ ބަޔަކަށް ދަތިވެ އުދަގޫވާކަން ކަމުގެ ވާހަކަ ކިތަންމެ ވަރަކަށް ދެއްކެވިޔަސް މައްސަލައެއްނެތް ކަމަށެވެ. އަދި އެބޭފުޅުންގެ އަތްދަށުން ދޫވެގެންދާ ކަންކަމާ ބެހޭގޮތުން ކިތަންމެ ވަރަކަށް ވާހަކަ ދެއްކެވިޔަސް މައްސަލައެއްނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ 24 ގައިރު ޑޮކްޓަރުން ޚިދުމަތުގައި ތިއްބަވާއިރު އެބޭފުޅުންގެ މަސައްކަތްތަކަށް ފާޑުކިޔައި އެބޭފުޅުންގެ ޒާތާ ބެހި ހަދަމުންދާކަން ފާޙަގަ ކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަންކަމަކީ ތަހައްމަލް (ޓޮލަރޭޓް) ނުކުރެވޭނެ ކަންކަން ކަމަށް ވިދާޅުވިއެވެ. ޑޮކްޓަރުންނަށް ފާޑުވިދާޅުވެ ހެއްދެވުމަކީ ވަރަށް ކަންބޮޑުވާކަމެއް ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. " ސައުވީސްގަޑިއިރު ޑޮކްޓަރުން ކޮށްދެއްވާ މަސައްކަތުގެ އަގުވަޒަން ނުކޮށް އެބޭފުޅުންގެ ހިތްވަރު ގެއްލޭ ގޮތަށް ވާހަކަ ދެއްކުމަކީ ޤަބޫލު ކުރެވޭނެ ކަމެއްނޫން،" މަބްރޫކް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.