ކޮވިޑް 19 އަށް ޝައްކުކުރެވޭ ދެ ބިދޭސީއަކު ސަފާރީއެއްގައި އެކަހެރި ކޮށްފި

ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި 2 ބިދޭސީން ސަފާރީ އުޅަނދެއްގައި އެކަހެރި ކޮށްފި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ބުނެފިއެވެ.

އެމީހުން ތިބި  ވައިޓް ވޭވްސް ނަމަކަށް ކިޔާ ސަފާރީގައި އެމީހުން  އެކަހެރިކޮށް، އެފަރާތް ތަކުގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް މިހާރުވަނީ ފަށައިފައި ކަމަށް ވެސް އެޗުޕީއޭއިން ވިދާޅުވިއެވެ. "މިކަމާއި ގުޅިގެން، އެ ސަފާރީ އުޅަނދު މިހާރުވަނީ މޮނީޓަރިންގ ހާލަތަކަށް ގެނެވިފައި،" ކަމަށް އެޗުޕީއޭއިން ވިދާޅުވިއެވެ.

މީގެ އިތުރުން ޑްރީމްލޭން ރިސޯޓުން ބިދޭސީއެއްގެ ގައިން ކޮވިޑް 19 ގެ އަލާމާތްތައް ފެނިގެން ވަނީ ސާމްޕަލް ނައި ޓެސްޓް ކުރުމުގެ މަރުހަލާގައެވެ. އޭނާ ވަމީ ގޭގައި އެކަހެރިކޮށްފައެވެ. އަދި ރަށްވަނީ މޮނިޓަރިން ހާލަތަށް ގެނެސްފައި ކަމަށް އެޗުޕީއޭއިން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.