އިތުރު ދެ ދިވެއްސަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

މާލެއިން އިތުރު ދެ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

ދާދި ދެންމެއަކު އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި މިރޭ ޕޮޒިޓިވް ވި ދެ މީހުންނަކީ ބަލީގެ އަލާމާތްތައް ފެނިގެން ފްލޫ ކްލިނިކަށް ދިޔަ ދެ މީހުންނެވެ. މި ދެ މީހުންގެ ކޭސް ނަންބަރަކީ 85 އަދި 86 އެކެވެ. މި  ދެ މީހުން އެކަހެރި މަރުކަޒަކަށް ގެންދެވޭނެކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ. 

މިރޭ ޕޮޒިޓިވް ވި ދެ މީހުންނާއެކު މުޅި ރާއްޖެއިން މިހާތަނަށް 86 މީހަކަށް ބަލި ޖެހިފައިވެއެވެ. މި 86 މީހުންގެ ތެރެއިން މާލެއިން ބަލި ޖެހިފައިވަނީ 66 މިހަކަށެވެ. އެއީ 41 ދިވެހިންނާއި 47 ބިދޭސީންނެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.