މުޅި ރާއްޖޭގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފި

މިއަދުން ފެށިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމަދުކުރުން މަނާކޮށްފިއެވެ.

ރާއްޖޭގައި ހަލުވި ކަމާއެކު ކޯވިޑް-19 ފެތުރެމުންދާތީ ބަލި ފެތުރުމާއި ކޮންޓްރޯލް ކުރުމުގެ ގޮތުން މިއަދުން ފެށިގެން އެޕްރިލް މަހުގެ 30ވަނަ ދުވަހާ ހަމައަށް ނަމާދުކުރުން އިސްލާމިކް މިނިސްޓްރީއިން މަނާކޮށްފިއެވެ.

މި ނިންމުމަކީ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން ކަމަށް އިސްލާމިކް މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ވެއެވެ. އެ ބަޔާނުގައި ވާ ގޮތުގައި ފަރުޟު ނަމާދާއި، ހުކުރު ނަމާދާއި، އަދި ތަރާވީޙް ނަމާދުގެ ޖަމާއަށް މިސްކިތްތަކުގައި ނުހެދުމަށް ނިންމާފައިވާތީ އެގޮތަށް އަމަލުކުރުމަށް މިނިސްޓްރީއިން އަންގާފައެވެ. ނަމަވެސް މި ހާލަތުގައި މިސްކިތްތަކުގައި ހަމައެކަނި ބަންގި ގޮވުމަށާއި ބަންގީގެ ފަހުގައި 'ޞައްލޫ ފީ ބުޔޫތިކުމް' އަދި ދިވެހި ބަހުން "ހުރިހާ ބޭފުޅުން ގޭގައި ނަމާދުކުރައްވާ!" މި ފަދައިން ދެ ފަހަރު ގޮވުމަށް އިމާމުންނަށް އަންގަވާފައިވެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.