ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ކޮންޓެކްޓް ޓްރޭސިންއަށް އެއްބާރުލުން ނުދޭމީހަކު އެބަހުރި – އެޗްޕީއޭ

ޕޮޒިޓިވް މީހުންގެ ތެރޭގައި ކޮންޓެކްޓް ޓްރޭސިންނަށް އެއްބާރުލުން ނުދޭމީހަކު އެބަހުރި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް ޢަބްދުލް ޢަޒީޒު ވިދާޅުވީ އެއް ބާރުލުންނުދޭ މީހާގެ ފަރާތުން ފުރިހަމަ މަޢުލޫމާތު ހޯއްދެވުމަށް ފުލުހުން މެދުވެރިކޮށް މަސައްކަތް ކުރައްވަމުންދާކަމަށެވެ. މިރެޔާ ހަމައަށް ވެސް އޭނާގެ އެއްބާރުލުން ނުލިބޭނަމަ  ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް، އޭނާގެ ޒާތީ މަޢުލޫމާތު ހާމަކުރައްވާނެކަމަށެވެ. މިމީހާ އަކީ އެންމެ ފުރަތަމަ މަލެއިން ފެނުނު ކޭސްކަމުގައި ކޭސް 21 ހުގެ ފަރާތުން ބަލިޖެހިފައިވާ މީހެއްކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިއަދު އެކަނި ވަނީ މާލެއިން ކޮވިޑަށް 16 މީހަކު ވަނީ އަލަށް ޕޮޒިޓިވް ވެފައެވެ. އޭގެތެތޭގައި ބަނޤްލަދޭޝްގެ 14 ރައްޔިތަކު ހިމެނެއެވެ.  ކޭސް 37 ން ފެށިގެން 49  އަކާ ހިސާބަށް ހިމެނޭ 13 މީހުންނަކީ ކޭސް 27 އާ ގުޅުން އޮތް ބައެއްކަމަށް ބެލެވޭކަމަށް މަބްރޫކް ވިދާޅުވިއެވެ. މި ތޭރަ މީހުންނަކީ ލިލީ ކުންފުނީގައި މަސައްކަތްކުރާ އެއް އެކޮމަޑޭޝަނެއްގައި ދިރިއުޅޭ ބައެކެވެ. މީގެ އިތުރުން ކޭސް 50 އާއި 51 އަކީ ބްރައިޓް ބްރަދާސްގައި މަސައްކަތް ކުރާ އިންޑިއާގެ ދެމީހުންނެވެ.

އުލިގަމު މިހާގެ ސްކްރީނިން ޕޮޒިޓިވް ވުމާ ގުޅިގެން އޭނާގެ ކޮންފޮމޭޝަން ޓެސްޓް ދަނީ ހަދަމުންނެވެ. ނަމަވެސް އަދި ނަތީޖާ ނުލިބޭކަމަށް މަބްރޫކް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.