ކޯވިޑް-19: މިއަދު 133 މީހުން ޕޮޒިޓިވް، 103 ދިވެހިން

މިއަދު 133 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ. މިއީ އިއްޔެގެ އިރުއޮއްސި ހަޔަކުން މިއަދުގެ އިރުއޮއްސި ހަޔަކާ ހަމައަށް ޕޮޒިޓިވް ވި މީހުންގެ އަދަދެވެ.

މިއަދުވެސް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ގިނައީ ދިވެހީންނެވެ. މިއަދު 103 ދިވެއްސަކު ޕޮޒިޓިވް ވެފައިވެއެވެ. މީގެ އިތުރަށް ބަނގްލަދޭޝްގެ 15 މީހަކާއި އިންޑިއާގެ 8 މީހަކައި އަރަބި އިމާރާތުގެ ދެ މިހަކާއި ދެ އިނގިރޭސިންނާއި ލަންކާގެ ދެ މީހަކާއި ނޭޕާލު މީހަކު ހިމެނެއެވެ.

ރާއްޖެއިން މިހާތަނަށް 6912 މީހަކަށްވަނީ ކޯވިޑް ޖެހިފައެވެ. އޭގެތެރެއިން 4297 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު ބަލިން ރަނގަޅުނުވެ 2588 މީހުން އަދިވެސް އެބަތިއްބެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.