ބޭރަށް ނުކުމެ އުޅޭނަމަ އޮތީ ދެގޮތެއްކަމަށާއި އެއީ 1000 ރުފިޔާ ޖުރިމަނާ ނޫނީ 14 ދުވަހުގެ ކަރަންޓީނަށް ދިއުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ކުރިން މާލޭގައި ހިންގި ތިންގަޑީއިރު ކާފިއުގައި އެޅި ފިޔަވަޅުތަކަށް ވުރެ މިފަހަރު ފިޔަވަޅު އެޅުން ހަރުކަށިވާނެކަމަށެވެ. އެގޮތުން އެއްވެސް ބޭނުމެއް ނެތި މަގުމައްޗަށް ނުކުމެ އުޅޭމީހުން 1000 ރުފިޔާއިން ޖުރިމަނާ ކުރުން ނުވަތަ ވަގުތުން 14 ދުވަހުގެ ކަރަންޓީނަށް ގެންދަން ޖެހުނަސް އެކަންވެސް ކުރައްވާނެކަމަށެވެ.
"ފުލުހުން ދެއްވާ ގައިޑް ލައިންގެ އިތުރަށް ބޭރަށް ނުކުމެ އުޅެންނާ 14 ދުވަސް ހަމަކުރަން ކަރަންޓީނަށް ދާންޖެހޭނީ" ނަވާޒު ވިދާޅުވިއެވެ.
ކުރިންވެސް ހުއްދަ ދީފައިވާ ފަރާތްތަކުން މިރޭ ހަތަކުން ފެށިގެން 12 ޖެހުމާ ދެމެދު ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް ވެސް ޕެރެސް ކޮންފަރެނސްގައި ނަވާޒު ވިދާޅުވިއެވެ. މާދަމާވެސް ޑެލިވަރީ ޚިދުމަތާއި ކެއުން ބުއިމަށް ބޭނުންވާ އެއްޗެތި ހޯދޭނެ ގަޑިތައް ފުލުހުން އިޢްލާން ކުރައްވާނެކަމަށް ވިދާޅުވިއެވެ.
މިވަގު މާލެއަށް އައުމަށް ދަތުރުފަށައިފައިވާ އުޅަނޑުތައް ވެސް މާލެ ނައިސް އެހެން ދިމާއަކަށް ދަތުރު ބަދަލުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި މާލޭގެ ބަނދަރުގައި ނުފުރި ތިބި އުޅަނދުތަކަށް ވެސް ފުރޭނީ އެ އުޅަނދުތަކުގައު ތިބި މީހުންގެ މާއުލޫމާތު ނެގި އެކަމަށް ހުއްދަ ދިނުމުން ކަމަށް ވިދާޅުވިއެވެ. ކާބޯތަކެތީގެތެރެއިން ހަލާކުވާ ބާވަތްތައް އަތޮޅުތަކަށް ގެންދިއުމަށް އުޅަނދުފަހަރަށް ބަރުކޮށްފައިވާނަމަ އެ މަޢޫލޫމާތު ފުލުހުންނަށް ހިއްޞާ ކުރެއްވުމުން އެކަންކަމަށް ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖައްސަވާނެކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މިހާރުގެ ވިސްނުމަކީ އިތުރު ފުލުހުންތަކެއް މަގުމައްޗަށް ނެރުންކަމަށެވެ. ކުރީގެ ކާފިއުގައި ވެސް ނެރުނު ވަރަށް ފުލުހުން ނެރެގެން މާލެތެރެ ބެލެހެއްޓޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑްގެ އެންމެ ނުރައްކާ ހާލަތަށް ފުލުހުންވެސް ތިބީ ތަކެއްޗާއި ވަޞީލަތުގެ ގޮތުންވެސް ފުރިހަމައަށް ތައްޔާރުވެގެން ކަމަށް މިއަދުގެ ޕްރެސް ކޮންފަރެންސް ގައި އެސިސްޓެންޓް ކޮމިޝަނަރ ނަވާޒު ވިދާޅުވިއެވެ. އެގޮތުން މަރުވާ މީހުންގެ ހަށިގަނޑު ލާނެ ބޮޑީ ބޭގްވެސް ހޯދައިފައިވާ ކަމަށް ނަވާޒު ވިދާޅުވިއެވެ.
ނަވާޒު ވިދާޅުވީ މިފަހަރު މިކަން ކުރަނީ ޓެސްޓަކަށް ނޫންކަމަށެއެވެ. މިހާރު މިއޮތޯ އާ "ނޯމަލް" އެއްގައި ކަމަށާއި މި "ނޯމަލް" ގައި އެންމެން އުޅެން ދަސްކުރަން ޖެހޭކަމަށެވެ.