ފިޔައާއި ބިހުގެ އަގު އެސްޓީއޯއިން ވަރަށް ބޮޑަށް ހެޔޮކޮށްފި

އެސްޓީއޯއިން ވިއްކާ ފިޔައާއި ބިހުގެ އަގު ވަރަށް ބޮޑަށް އަގުހެޔޮކޮށްފި އެވެ.

އެސްޓީއޯގެ މީޑިއާ އޮފިސަރު ޢަބްދުﷲ މުޙައްމަދު ވިދާޅުވީ މިއީ ރޯދަމަހާ ދިމާކޮށް ރައްޔިތުންނަށް ވީހާވެސް އަގުހެޔޮކޮށް މިތަކެތި ލިބޭނެ ގޮތް ހެދުމަށް ގެނައި ބަދަލެއް ކަމަށެވެ.

ޢަބްދުﷲ ވިދާޅުވީ މިއީ ޢާއްމުކޮށް މިބާވަތްތަކުގެ އަގުހުންނަ މިންވަރާ އަޅާބަލާއިރު ވަރަށްބޮޑު އަގުހެޔޮ ކުރުމެއް ކަމަށެވެ. މިއަދުން ފެށިގެން ބިސް ކޭހެއް ވިއްކާނީ 260 ރުފިޔާއަށެވެ. ކުރިން ބިސް ކޭހެއް ވިއްކީ 290 ރުފިޔާއަށެވެ. ވަކި ބިހެއް މިހާރު ވިއްކާނީ 1.5 ރުފިޔާއަށެވެ.  ކުރިން 325 ރުފިޔާއަށް ވިއްކަމުންދިޔަ ފިޔާ ބަސްތާއެއް މިހާރު ވިއްކަމުން ގެންދަވަނީ 255 ރުފިޔާއަށެވެ. ވަކިން ކިލޯއެއް ވިއްކާނީ 11 ރުފިޔާއަށެވެ. އަލުވި ބަސްތާއެއް ވިއްކަނީ 250 ރުފިޔާއަށެވެ. އަލުވި ކިލޯއެއް ވިއްކަނީ 12 ރުފިޔާއަށެވެ.

ޢަބްދުﷲ ވިދާޅުވީ މިއަދުވެސް އެސްޓީއޯއިން ވަނީ މިބާވަތްތަކުގެ އިތުރު ޝިޕްމެންޓެއް ރާއްޖެއަށް ގެނެސްފައި ކަމަށެވެ. "އަޅުގަނޑުމެން ވަނީ ބިހާއި ފިޔައިގެ އަގުވަރަށް ބޮޑަށް ހެޔޮކޮށްފައި. އެއީ އާދައިގެ ދުވަސްތަކަށްވުރެ މާބޮޑަށް ވެސް އެގުހެޔޮކުރުމެއް. މިއަދު ވެސް އަޅުގަނޑުމެންގެ އިތުރު ޝިޕްމެންޓެއް ވަނީ ލިބިފައި،" ޢަބްދުﷲ ވިދާޅުވިއެވެ.

ޢަބްދުﷲ ވިދާޅުވީ ރާއްޖޭގެ އެކިސަރަހައްދުތަކުގައި އެސްޓީއޯއިން ހިންގާ ފިހާރަތަކަށް ވެސް އެ ސާމާނު ފޮނުވަން ފަށައިފައިވާ ކަމަށެވެ. އަންނަ ހަފްތާގެ ތެރޭގައި އެ ތަންތަނުން ބިހާއި ފިޔައާއި އަލުވި ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.