ނިޕޯން ކުލަ ގަތުމުން ކުލަލައިދޭ ޚިދުމަތް އެސްޓީއޯއިން ފަށައިފ

އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓުން ވިއްކާ ނިޕޯން ކުލަ ގަންނަ ފަރާތްތަކަށް ޚާއްސަ ޚިދުމަތެއް ދޭން އެސްޓީއޯއިން ފަށައިފިއެވެ. އެސްޓީއޯއިން ވިދާޅުވީ އެތަނުން ނިޕޯން ކުލަ ގަތުމުން އެގަންނަ ފަރާތަކަށް ކުލަ ލައިދިނުމުގެ ޚިދުމަތް މިހާރު ފަށައިފައިވާ ކަމަށެވެ.

ނިޕޯން ޕެއިންޓަކީ ރާއްޖޭގައި ވިއްކާތާ 20 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކުލައެކެވެ. އެއީ މީހުންގެ މެދުގައި ވަރަށްބޮޑު މަގުބޫލް ކަމެއް ހޯދައިފައިވާ އަދި މީހުން ގަޔަވާ ވެސް ކުލައެކެވެ.

މި ޚާއްސަ ޚިދުމަތް ފަށްޓަވައި ދެއްވީ ނިޕޯން ޕެއިންޓް ސިންގަޕޯގެ، ސީނިއަރ މެނޭޖަރ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް އެކްސްޕޯޓް، ހެންރީ އަންގެވެ.

ކުލަ ލުމުގެ ޚިދުމަތް އިފްތިތާހު ކުރުމުގެ ގޮތުން އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ފުރަތަމަ ކުލަ ލައިދީފައިވަނީ ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ،ފިޔަވަތީގައެވެ.

ފިޔަވައްޗަށް ބޭނުންވާ ކުލަ ދިނުމުގެ އިތުރުން ކުލަލައިދެނީވެސް އެސްޓީއޯއިން ކަމަށް އެތަނުން ވިދާޅުވިއެވެ.

"އެސްޓީއޯއިން ނިޕޯން ޕެއިންޓް ގަތުމުން ކުލަ ލައިދިނުމުގެ ޚިދުމަތް ފަށާފައިވާއިރު އެ ޚިދުމަތާއެކު ފާރުގެ ހާލަތު ދެނެގަތުމާއި "ކަލަރ ސްކީމް" އިޚްތިޔާރު ކުރުމުގައި ލަފާދިނުންވެސް ހިމެނޭ،" ކަމަށް އެސްޓީއޯއިން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ކުލަ ލާއިރު އިމާރާތުގެ ތެރޭގައި ހުންނަ ތަކެތި އަދި ފްލޯރިންގ ކުލައިން ރައްކާތެރިކޮށްދިނުމާއި ކުލަލުމަށްފަހު ފަރުނީޗަރާއި ތަކެތި އަލުން އަތުރައިދިނުމަކީ ވެސް މި ޚިދުމަތުގެ ތެރޭގައި ހިމެނޭ ކަމެމެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގެ ލަފަޔާ އެއްގޮތަށް ނިޕޯން ކުލަ ލުމުން 12 މަސްދުވަހުގެ ވޮރަންޓީ ލިބިގެންދާނެ ކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.