މަޖިލީހުގެ ޖަލްސާ މާދަމާއަށް އެޖެންޑާ ކުރުމަށް ފަހު އަންނަ ހަފްތާއަށް ފަސްކޮށްފި

ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މާދަމާއަށް އެޖެންޑާ ކުރުމަށްފަހު އަންނަ ހަފްފާއަށް ފަސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މަޢުލާމާތު ދެއްވި ގޮތުގައި،އަންނަ ހަފަތާއިން ފެށިގެން އޮންލައިން ޖަލްސާތަކުގެ ބަދަލުގައި އާމްކޮށްބާއްވަމުން އަންނަ ގޮތަށް، މަޖިލީހުގެ ޖަލްސާތައް ބޭއްވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮވިޑް 19 އާ ގުޅިގެން އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢްލާން ކޮށް ސަރުކާރު ބަންދުކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައްވެސް ބާއްވަމުން ގެންދެވީ އިޖްތިމާއީ ގައިދުރުކަން ދެމެހެއްޓުމުގެ ގޮތުން އޮންލައިންކޮށެވެ.

މާދަމާ ބޭއްވުމަށް އެޖެންޑާ ކޮށްފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ 27 ވަނަ ޖަލްސާއެވެ. އެޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ ސަރުކާރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ، "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020" ބިލާއި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020" އެވެ.

މެމްބަރ ޙިސާން ހުށަހެޅުއްވި ޚާއްޞަ ބިލަކީ ކައުންސިލް އިންތިޚާބު ފަސްކުރުމަށް ހުށަހަޅައިފައިވާ ބިލެކެވެ. މެމްބަރ ޙަސަން ލަތީފް ހުށަހެޅުއްވި ބިލަކީ އިންތިޚާބު ފަސްކުރުމާ ގުޅިގެން ކައުންސިލްތަކުގެ ދައުރު ހަމަވަން ވާއިރަށް އާކައުންސިލްތައް އިންތިޚާބު ނުވެ އަންނާނެ ޤާނޫނީ ހުސްކަމަކަށް ފަރުވާއެއް ހޯދައި ދިނުމުގެ ގޮތުން ހުށަހަޅައިފައިވާ ބިލެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.