ކޮވިޑް-19: ޕޮޒިޓިވްވި ދިވެއްސަކު ބަލިން ރަނގަޅުވެއްޖެ

ކޮވިޑް-19 އަށް ފުރަތަމަ ޕޮޒިޓިވި 4 ދިވެހީންގެ ތެރެއިން އެކަކު ބަލިން ރަނގަޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރެއް ކަމަށްވާ ޑރ. މޫސާ މުރާދު ވިދާޅުވީ އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވި 4 މީހުންގެ ތެރޭގައި ހިމެނޭ އެކަކު ޓެސްޓް ހަދައި ޑަބަލް ނެގެޓިވްވެފައިވާކަން ކަށަވަރުވެފައިވާ ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަޔަމަ 4 މީހުންނަކީ ވެސް އިންގިރޭސިވިލާޓުން ރާއްޖެއަށް އައި 4 މީހުންނެވެ. އޭގެ ތެރެއިން ރަނގަޅުވެފައިވަނީ އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާއެވެ. އޭނާ ރާއްޖެއަށް އައިސްއިފައިވަނީ މާރިޗު 22 ވަނަ ދުވަހުއެވެ. އެއީ ޢުމްރުންޒ 38 އަހަރުގެ މީހެކެވެ.

މި 4 މީހުންގެ އިތުރުން އިތުރު ދިވެއްސަކު މިއަދު ވަނީ ކޮވިޑް- 19 އަށް ޕޮޒިޓިވް ވެފައެވެ. އެމީހާއަކީ ފިލިޕީންސުން ރައްޖެއަށް އައިސްފައިވާ މީހެކެވެ.

މިހާތަނަށް ރާއްޖެއިން ވަނީ 20 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 14 މީހުންނަށް ވަނީ ރަނގަޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.