ކޮވިޑް-19: އަމިއްލަ ހަށިގަނޑު އެއަށް ހުށަހެޅުނަ ނުދިނުމަށް މަސައްކަތްކުރޭ: ޑރ. އިސްމާއީލް

ކޮވިޑް-19 އަމިއްލަ ނަފުސު ހުށަހެޅިއަ ނުދިނުމަށް އަމިއްލައަށް ވެސް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަންޖެހޭނެ ކަމަށް ޕުއްޕާމޭގޭ ބަލިތަކުގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ޑރ. އިސްމާއީލް ވިދާޅުވީ މިބަލިން ރައްކާތެރިވުމަށް އަމިލައަށް ކުރެވޭނެ އެންމެ މުހިންމުކަމަކީ މީހުން އެއްވާތަނަށް ނުގޮސް އަމިލައަށް ގޭގައި ކަރަންޓީނުވުމެވެ. މިބައްޔަކީ ފަސޭހައިން ފެތުރޭ ބައްޔަކަށްވާތީ ބަލިފެތުރިދާނެ ކަމަށް ބެލެވޭ ހުރިހާކަމަކުން ރައްކާތެރިވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ބޭރަށް ނުދިއުމާއި، ކެއްސައި ކިނބިހި އަޅާއިރު ޓިޝޫއެއްފަދަ އެއްޗެއް ބޭނުން ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ޓީޝޫ ރައްކާތެރިކަމާއެކު ނައްތާލަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ވަނީ 14 މީހަކު ޕޮޒިޓިވްވެފައެވެ. ރަނގަޅުވެފައިވަނީ 9 މީހުންނެވެ. ފަސް މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. މިއީ ހުއްޓުމެއްނެތި މުޅި ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ބައްޔެކެވެ. މިބައްޔަށް އަދި ފަރުވާއެއް ނުވަތަ ވެކްސިނެއްވެސް ފެނިފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.