10 ރިސޯޓާއި 55 ސަފާރީއަކުން މީހުން ފޭބުމުގެ ހުއްދަ ދީފި

10 ރިސޯޓާއި 55 ސަފާރީއަކުން މީހުން ފޭބުމުގެ ހުއްދަ ދީފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)  އިން ވިދާޅުވެއްޖެއެވެ.

ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރ ނަޒްލާ ރަފީޤް ވިދާޅުވީ މީހުން ފޭބުމުގެ ހުއްދަ ދެވިފައިވާ ބައެއް ރިސޯޓު ތަކުން ހުއަދަ ނުދެވޭ ބައެއް މުވައްޒަފުން ތިބޭނެކަމަށެވެ. އެއީ ވަކިން ފޯމު ލައިގެންވެސް މުވައްޒަފުން ދޫކުރަމުންދާތާ ދުވަސް ކޮޅެއް ވެފައިވާތީކަމަށް ޑރ. ނަޒަލާ ފާހަގަކުރެއްވިއެވެ.

ރިސޯޓްތަކާއި ސަފާރީތަކުން މީހުން ފޭބުމުގެ ހުއްދަ ދިނުމުގެ އުސޫލަށް އެޗްޕީއޭއިން ދާދި ފަހުން ވަނީ ބަދަލު ގެނެސްފައެވެ. އެއުސޫލުގައި ވާ ގޮތުން ޕޮޒިޓިވް މީހަކު ނުފެންނަ ރިސޯޓުތަކާއި ސަފާރީތަކުން މީހުން ފޭބުމުގެ ހުއްދަ ދޭނީ އެރިސޯޓަކުން އެންމެ ފަހު ފަތުރުވެރިޔާ ފޭބި ފަހުން ނުވަތަ އެރަށަށް އެންމެ ފަހުން މީހަކު އެރިތާ 14 ދުވަސް ވާއިރު އަލާމާތެއް ހުރި މީހާކު ނުފެންނަ ނަމައެވެ. މީހުން ފޭބުމުގެ ހުއްދަ ދެވޭނީ އިގުރާރު ފޯމެއް، ރިސޯޓު ނުވަތަ ސާފާރީގެ ފަރާތުން ފުރިހަމަކޮށް އެޗްޕީއޭއަށް ފޮނުވުމުން ކަމަށް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ. މޮނިޓަރިން އަށް ލެވިފައި އެހެންނަމަވެސް ޕޮޒިޓިވް ވި މީހަކު ނުފެންނަމަ ރިސޯޓްތަކާއި ސަފާރީތަކާއި ޕޮޒިޓިވްވި މީހަކު ފެނިފައި 14 ދުވަސް ވުމުން އަލާމާތް ހުރި މީހާކު ނެތް ނަމަވެސް 14 ދުވަސް ކުރުމަށް ފަހު އިގުރާރު ފޯމު ފުރުމަށް ފަހު ފޭބުމެގެ ހުއްދަ ދޭ ގޮތަށް ހަމަޖައްސައިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރިސޯޓު ނުވަތަ ސަފާރީއަކުން ޕޮޒިޓިވްވި މީހެއްގެ ފަރާތުން އެހެން މީހަކަށް ބަލި ޖެހިފައިވާނަމަ އެންމެ ފަހުން ޕޮޒިޓިވްވި މީހާ ޕޮޒިޓިވް ވިތާ 28 ދުވަހުގެ ތެރޭގައި އެއްވެސް އިތުރު މީހެއްގެ ކިބައިން އަލާމާތެއް ނުފެންނަ ރިސޯޓުތަކާއި ސަފާރީތަކުން މީހުން ފޭބުމުގެ ކުރިން ޓެސްޓެއްވެސް ހަދަން ޖެހޭނެކަމަށް ޕްރެސް ކޮންފަރެންސްގައި ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

އެޗްޕީއޭ އަށް ފޯމް ލުމަށްފަހު ވެސް ރިސޯޓުން ފޭބުމުގެ ހުއްދަ ނުލިބުމުގެ ޝަކުވާ ބައެއް މުވައްޒަފުންގެ ފަރާތުން ލިބެމުންދާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ނަމަވެސް އެންމެ ފަހު ފަތުރުވެރިޔާ ފުރިތާ 14 ދުވަސް ނުވާކަމަށްވަންޏާ ފޯމް ފޮނުވިއަސް އެޗްޕީއޭއިން ހުއްދަ ނުދޭނެކަން ނަޒްލާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ރިސޯޓުތަކުގެ މުވައްޒަފުންނަށް ފުރިހަމައަށް މަޢުލޫމާތު ލިބިފައި ނުވާކަން ފާހަގަ ކުރެވޭކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.