އަންނަ ހަފްތާއިން ފެށިގެން ހުރިހާ ގްރޭޑަކަށް ޓެލެކްލާސްތައް ބާއްވަނީ

ފޮޓޯ: ޕީއެސްއެމް ނިވްސް

އަންނަ ހަފްތާއިން ފެށިގެން ހުރިހާ ގްރޭޑަކަށް ޓެލެކްލާސްތައް ބާއްވާނެކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެޑޔުކޭޝަން މިނިސްޓަތ ވިދާޅުވީ ކޮވިޑް 19 އަށް ތައްޔާރު ވުމުގެ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީންވެސް މަސައްކަތް ކުރެއްވީ އެޑިޔުކޭޝަން އިމާރޖެންސީ ޕްލޭނެއް ތައްޔާރުކޮށްގެންކަމަށެވެ. އެގޮތުން އެލާރޓް ލެވެލްތަކަށް ބަލާފައި އެސްއޯޕީތަކެއް އެކުލަވައިލެއްވި ކަމަށެވެ. އެސްއޯޕީ ތައް އެކުލަވާލުމަށްފަހު،ސްކްލޫ ބަންދުކުރަން ޖެހިއްޖެ ޙާލަތެއްގައި ކުދިންނަށް ފިލާވަޅުތައް ނަގައިދޭނީ ކިހިނެއްތޯ ބެއްލެވި ކަމަށް ވިދާޅުވިއެވެ. އެގޮތުން އެވަގުތު ކޮވިޑް އުޅުނު ޤައުމުތަކުގެ ތަޖްރިބާއަށް ބައްލަވައިފައި ދަރިވަރުންނަށް ފިލާވަޅުތައް ނަގައި ދޭނެ ގޮތްތަކެއް ކަނޑައެޅުއްވިކަމަށް ވިދާޅުވިއެވެ. އެގޮތުން އޭރަށް އެންމެ ރަނގަޅީ ޓީވީ މެދުވެރިކޮށް ފިލާވާޅުތައް ނަގައި ދިނުމާއި އިންޓަރނެޓް މެދުވެރިކޮށް ކްލާސްތައް ނަގައި ދިނުންކަން ފާހަގަ ކުރެއްވުނު ކަމަށް ވިދާޅުވިއެވެ.
އެންމެ ފުރަތަ ކްލާސްތައް ކުރިއަށް ގެންދެވީ ބޭރުގެ އިމްތިޚާނުތަކަށް ތައްޔާރުވާ ދަރިވަރުންނަށް އަމާޒުކޮށް ގެން ކަމަށް ވިދާޅުވިއެވެ. އެގޮތުން ގްރޭޑް 10 އަދި 11 ގެ ދަރިވަރުންނަށް ޓެލެ ކްލާސްތައް ނަންގައިދޭން ފެށްޓެވި ކަމަށް ވިދާޅުވިއެވެ. އެކްލާސްތަކާއެކުއެކީގައި ޑައުޓް ތައް އޮޅުން ފިލުވައި ދިނުމަށް އިންޓަރެކްޓިވް ސެޝަންތަކެއް ޓީޗަރުންނާއި ދަރިވަރިންނާއެކު ގޫގުލް ކްލާސް ރޫމް މެދުވެރިކޮށް ކުރިއަށް ގެންދެވިކަން މިނިސްޓަރ ޢާއިޝަތު ޢަލީ ފާހަގަ ކުރެއްވިއެވެ.
ޓީވީ އާއި އިންޓރނެޓްގެ ވަޞީލަތް ނުލިބެނީ ކިހާ ކުދިންނަކަށްތޯ ދިރާސާ ކުރެއްވުމަށްފަހު އެވަޞީލަތްތައް ނެތް ކުދިންނަށް ތިން ވަނަ ޕްލޭނަކަށް ވެސް ވަޑައިގެންނެވިކަމަށް އެޑިއުކޭޝަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެއީ ކަރުދާހުގައި ފިލާވަޅުތައް ފޯރުކޮށް ދެއްވުމެވެ.
ޓެލެކްލާސްތައް ގަރޭޑް 7 ން 10 މިހާރުވެސް ކުރިއަށް ގެންދާކަން ފާހަގަ ކުރެއްވިއެވެ. އަދި އަންނަ ހަފްތާއިން ފެށިގެން ގްރޭޑް އެކަކުން ހަޔަކަށްވެސް ޓެލެކްލާސްތައް ފަށްޓަވާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ފައުންޑޭޝަން ސްޓޭޖަށް ލާނިން ޕެކްތަކެއް ތައްޔާރުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.
ޓެލެކްލާސްތައް ގެންދިއުމަށް ހޯއްދެވި ވަޞީލަތްތަކުގެ ތެރޭގައި ދިރާގާއި އުރިދޫ އިން އެއްމަސް ދުވަހުގެ ޑާޓާ ދަރިވަރުނަނާއި މުދައްރިސުންނަށް ހިލޭ ފޯރުކޮށްދެއްވައިފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ޔުނިސެފާއި ވާރލްޑް ބޭންކުން އެހީތެރިކަން ލިބިފައިވާކަން އެޑިޔުކޭޝަން މިނސްޓަރ ފާހަގަކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.