ކަރަންޓީން ފެސިލީޓީތަކުން މިއަދު 164 މީހުން ދޫކޮށްފި

ކަރަންޓީން ފެސިލިޓީ ތަކުގައި ކަރަންޓީން ކޮށްފައިވާ މީހުންގެ ތެރެއިން 164 މީހުން މިއަދު ދޫކޮށްފިއެވެ.

މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ރައީސް އޮފީހުގެ އަންޑަރސެކްރެޓަރީ މުޙައްމަދު މަބްރޫކް ވިދާޅުވީ މި މީހުން ދޫކޮށްލުމުން ކަރަންޓީން ފެސިލިޓީ ތަކުން މިހާތަނަށް 297 މީހުން ދޫކޮށްފައިވާ ކަމަށެވެ.

މި އެންމެންވެސް ދޫކޮށްފައިވަނީ ކޮވިޑް-19 އަށް ޓެސްޓްކޮށް ޑަބަލް ނެގެޓިވް ވުމުންނެވެ. މިހާރު ކަރަންޓީން ފެސިލިޓީތަކުގައި ތިބީ 852 މީހުން ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. އައިސޮލޭޝަންގައި 12 މީހުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.