ރާއްޖޭގެ ރައްޔިތުން ވީހާލެއްގައި ވާން ތައްޔާރަށް ހުންނެވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމާ ލެއްވުމުގެ ކުރިން ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވަމުންދާ ދަތިތަކަށް އަލި އަޅުވާލައްވާ ވާހަކަ ދައްކަވަމުންނެވެ.
ރައީސް ނަޝިދު ވިދާޅުވީ އިޤްތިޞާދީ ދަތިތަކާ މިފަހަރު އަޅުގަނޑުމެން ކުރިމަތިލާން ޖެހޭނެކަމަށެވެ. އެހެންކަމުން ހުރިހާ ރައްޔިތުން ވެސް މިދުވަސް ކޮޅު "ކަމަރު ބަނދެލާންޖެހޭ" ކަމަށެވެ.
"ހުރިހާ ބޭފުޅުންނަށް ވެސް ދަތިވާނެ. އަޅުގަޑު ޔަޤީންކޮށްއަރުވަން ބޭނުން ވަނީ ރާއްޖޭގެ ރައްޔިތުންވީ ހާލެއްގައި ހަމަގައިމުވެސް އަޅުގަނޑުވާން މިހުރީ ތައްޔާރަށް. އަޅުގަނޑު ތިބޭފުޅުންނާ ދުރަކަށް ވެސް ނުޖެހޭނަން. ތިބޭފުޅުންނަށް ނުފެންނަ ތަނަކަށްވެސް އިރާދަކުރެއްވިއްޔަކާ ނުދާނަން" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑް 19 ފެތުރިގެން ނުދިޔަ ކަމުގައި ވިއަސް އަދި އެފަދަ ހާލަތެއް ނެތްކަމުގައި ވިއަސް ރައްކާތެރިކަމާއި ސަލާމަތް ތެރިކަމާ އެކުގައި ތިއްބުމަށް ރައިސް ނަޝީދު ރައްޔިތުންނަށް އިލްތިމާސް ކުރެއްވިއެވެ. ބަލި ފެތުރިގެން ނުދަނީ ޓްރޭސިން ހަރަކާތްތައް ރަނގަޅުވުމުންކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އެކަމަށް ސަމާލުކަންދީ ކޮންމެ ބޭފުޅަކު ވެސް ކޮންމެ ދުވަހަކު ބައްދަލުވާ މީހުން ލިސްޓްކޮށްލުމަކީ މިދުވަސްކޮޅު ކުރުން ރަނގަޅު ކަމެއްކަމަށް ވިދާޅުވަމުން ގެންދަވާ ގެންދެވުން މިއަދުވެސް ތަކްރާރު ކުރެއްވިއެވެ.
ރައީސް ނަޝިދުވެސް ވަނީ ކޮވިޑް 19 އަށް ޓެސްޓް ކުރައްވައިފައެވެ. އެމަނިކުފާނުގެ ޓެސްޓްގެ ނަތީޖާ ނެގެޓިވްއެވެ.
ބުނީ ރާއްޖޭތެރޭ މީހުން ރަށަށް ދާށޭ. ދެން ކޮންމެހެން ވީހާލެއްގަޔޭ ހކިޔާނެކަމެއް ނެތް.
Kaakutha ulhenee nufenna hisaabakah gosdhaanethee.gosbala .dhiyayas nudiyayas
.gaimu thi an,ga gan'du madu kuran vejje ennu
Ehen hurefa kommeves neyggaani echchekey kiyaafaane