ހެޕީމާކެޓުން ވިއްކާ ފިނިކުރި ކާބޯތަކެތީގެ އަގު ރޯދައަށް ހެޔޮކޮށްފި

ރާއްޖޭގައި ކާބޯތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ހެޕީމާކެޓުން ވިއްކާ ފިނިކުރި ކާބޯތަކެތީގެ އަގު އެކުންފުނިން ހެޔޮކޮށްފިއެވެ.

އެކުފުނިން ވިދާޅުވީ ތަކެތީގެ އަގުހެޔޮކުރީ ރޯދަމަހާ ދިމާކޮށް ކަމަށެވެ. ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ބައެއް އެއްޗެހިތަކުން އަގުހެޔޮ ކުރުމަކީ ހެޕީމާކެޓުން އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ.

މިފަހަރު އަގުހެޔޮ ކޮށްފައިވަނީ ހޯލް ޗިކަން، ޗިކަން ޑްރަމްސްޓިކް، ބީފް ޗަންކްސް، ޑަކް، ވެގަ މިލްކު 900 ގްރާމް އަދި 1800 ގްރާމެވެ.

ހެޕީމާކެޓުން އަގުހެޔޮ ކުރިތަކެތީގެ އަގުތައް ޖީސްއެސްޓީ ނުހިމަނައި ހުރީ ކުކުޅު ކިލޯ އެއް 27 ރުފިޔާއަށެވެ. އަސްދޫނި ކިލޯއެއް 70 ރުފިޔާއަށެވެ. ވެގަ ހިކިކިރު 900 ގްރާމުގެ ކޭހެއް، 1180 ރުފިޔާއަށެވެ. ވެގަ ހިކިކިރު 1800 ގްރާމުގެ ދަޅު ކޭހެއްވެސް 1180 ރުފިޔާއަށެވެ. މީގެ އިތުރުން ބޯންލެސް ޗިކަން ބްރެސްޓް ދެ ކިލޯގެ ކޭހެއް ވިއްކަނީ 516 ރުފިޔާއަށެވެ. ޗިކަން ޑްރަމްސްޓިކް 900 ގްރާމުގެ ކޭހެއްގެ އަގަކީ 384 ރުފިޔާއެވެ. ބީފް ޗަންކްސް 900 ގްރާމުގެ ކޭހެއް ވިއްކަނީ 990 ރުފިޔާއަށެވެ.

ހެޕީމާކެޓަކީ ރާއްޖެއަށް ފިނިކުރި ކާބޯތަކެތި އެތެރެކޮށް ވިއްކަން ފެށި ފުރަތަމަ ކުންފުންޏެވެ.

އެތަނުން ވިއްކާ ތަކެތީގެ ތެރޭގައި ހިމެނެނީ ފިނި ކުރި ކުކުޅާއި ކުޅުގެ ބައިތަކާއި، ގެރިމަހުގެ އެކި ބައިތަކާއި، ލޭމްބް ގެ އެކި ކަޓްތަކާއި، މަޓަން ކަޓްސްއާއި ހޯލް ޓަރކީއާއި ހޯލް ޑަކް އަދި ފްރެންގަސޯލް ސޮސެޖެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.