އެސްޓީއޯގެ ސުޕަމާކެޓުން އޮންލައިކޮށް މުދާގަނެވޭނެ އިންތިޒާމް ހަމަޖައްސަވައިފި

އެސްޓީއޯގެ ސުޕަމާޓުން ލިބެން ހުންނަތަކެތި ކުންފުނީގެ އީ-ސްޓޯރ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް ގަނެވޭނެ އިންތިޒާމް އެކުންފުނިން ހަމަޖައްސަވައިފިއެވެ.
ކާބޯ ތަކެތީގެ އިތުރުން ރީވާން ބޭނުންވާ ސާމާނާއި ކުޑަކުދިންނަށް ބޭނުންވާ މުހިންމު ތަކެތިވެސް އޮންލައިންކޮށް ގަނެވޭނެ ކަމަށް އެކުންފުނީން ވިދާޅުވިއެވެ. މިގޮތަށް ގަންނަ ތަކެއްޗަށް އޮންލައިންކޮށް ފައިސާ ދެއްކުމާއި ގަންނަ ތަކެތި ގެއަށް ފޮނުވައިދިނުމުގެ އިންތިޒާމް ވެސް އެސްޓީއޯއިން ވަނީ ހަމަޖައްސަވައިފައެވެ. ބޭނުން ކަމަށްވާނަމަ އެތަކެތި ބަލައި އަމިއްލައަށް ވެސް ދެވިދާނެއެވެ. އެހެންނަމަވެސް އެތަނަށް ގޮސް ހުންނަވާނީ އެކުންފުނީން ކަނޑައަޅާފައިވާ ދުރުމިނެއްގައެވެ. އެމީހަކު ހުންނަވާ ދުރުމިން ސުޕަމާކެޓަށް ދިއުމުން ފެންނާނެއެވެ. މީހުން ތިބެންވާ ތަންތަން ނޫކުލައިގެ ބޮޅުތަކުން ވަނީ ފާހަގަކޮށްފައެވެ.

އެސްޓީއޯއިން އަޅައިފައިވާ މިފިޔަވަޅުތަކަކީ ކޮވިޑް-19 އިން ސަލާމަތްވުމަށް އަޅައިފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކެކެވެ. ރާއްޖޭގައި މި ބަލި އާންމުކޮށް ފެތުރިގެން ނުދިޔަސް ކޭސްތައް ދަނީ އިތުރުވަމުންނެވެ. އެ ހުރިހާ އެންމެންނަކީ ރާއްޖެއިން ބޭރުން އައި މީހުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.