އޭއީއެޗަށް ފުރަތަމަ ކުއްޖާ އުފަން ވެއްޖެ

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އަށް ފުރަތަމަ ކުއްޖާ އުފަން ވެއްވެއްޖެއެވެ.

އެ ހޮސްޕިޓަލަށް ފުރަތަމަ ކުއްޖާ އުފަންވެފައިވަނީ އެޕްރީލް   ދެވަނަ ދުވަހުގެރޭ 11:52 ގައެވެ. އުފަންވެފައިވަނީ ފިރިހެން ކުއްޖެކެވެ.

ދުނިޔޭގެ ނިސްބަތުގައި ވެސް އެ ހޮސްޕިލަކަށް އަލަށް ނުވަތަ އެންމެ ފުރަތަމަ އުފަންވާ ކުއްޖާ، އެންމެ ފުރަތަމަ އޮޕަރޭޝަން ކުރާ މީހާ ނުވަތަ ކޮންމެ ޚިދުމަތެއް ވެސް އެންމެ ފުރަތަމަ ލިބިގަންނަމީހާ ފާހަގަ ކުރުމަކީ އާދަކޮށް ކުރާކަމެކެވެ. އެފަދަ މީހުންނަކީ ހޮސްޕިޓަލުގެ ތަރީޚަށްޓަކައި ވަރަށް މުހިންމު ބައެކެވެ.

އަލަށް އުފަންވި ކުއްޖާގެ މަންމަ އަކީ ހިތަދޫ މީހެކެވެ. މިއީ އޭނާގެ ފުރަތަމަ ދަރިފުޅު ވެސް މެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ހުރިހާ ޚިދުމަތެއް އޭއީއެޗަށް ބަދަލުކޮށް ނިމިފައިވަނީ ވެސް އެޕްރީލް މަހު ދެވަނަ ދުވަހުއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.