ޑޮކްޓަރ އަޙުމަދު އޭއީއެޗާ ގުޅިވަޑައިގެންފި

އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑޮކްޓަރ. އަޙުމަދު މުޙައްމަދު އަލީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އާ މިއަދު ގުޅިވަޑައިގެންފިއެވެ.

މާދަމާއިންފެށިގެން އޭނާ ހޮސްޕިޓަލުގައި ބައްލަވަން ފަށްޓަވާނެ ކަމަށް ހޮސްޕިޓަލުން މިއަދު ވިދާޅުވިއެވެ. ޑރ. އަޙުމަދަކީ މިސްރުގެ ބޭފުޅެކެވެ. މީގެ ކުރިން 2 އަހަރު ވަންދެން އޭނާ ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) ގައި ކާމިޔާބު މަސައްކަތްތަކެއް ކުރައްވައިފައެވެ. އެފަހުން އޭނާ ވަނީ ފޭދޫގައި ހުންނަ އަމިއްލަ ކުލިނިކެއް ކަމަށްވާ މެޑިސިޓީގައި އެގާރަ މަސް ވަންދެން މަސައްކަތް ކުރައްވައިފައެވެ.

ޑރ. އަޙުމަދަކީ އޭނާގެ ދާއިރާއިން ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައިވާ ތަޖުރިބާހުރި ޑޮކްޓަރެކެވެ. އެޗުއާރުއެޗާއި މެޑިސިޓީގައި މަސައްކަތް ކުރެއްވި ދުވަސްވަރު ވެސް އޭނާ ވަނީ ކާމިޔާބު މަސައްކަތަކެއް ކުރައްވައި އެތައްބައެއްގެ އިތުބާރު ހޯއްދަވައިފައެވެ.

އޭއީއެޗާ އޭނާ ގުޅިވަޑައިގެންނެވުމަކީ އޭނާގެ ޚިދުމަތް ތަޖުރިބާކޮށްފައިވާ މީހުންނަށް ލިބިގެންދިޔަ ވަރަށްބޮޑު ހިތްހަމަޖެހުމެކެވެ. ޑރ. އަޙުމަދަކީ ދަރިން ލިބުމުގެ މައްސަލަތައް ދިމާވެފައިވާ މީހުންނަށް ވެސް ކާމިޔާބު ފަރުވާތަކެއް ދީފައިވާ ޑޮކްޓަރެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.