ނުގެނެވިފައިހުރި ބޭސްޝިޕްމެންޓް އިންޑިއާއިން މާލެ ގެނެސްފި

އެސްޓީއޯއިން އޯޑަރުކޮށްފައިވާ ބޭސް ޝިޕްމެންޓުގެ ތެރެއިން އިންޑިއާއިން ރާއްޖެއަށް ނުގެނެވި ތާށިވެފައިހުރި ބޭސްތައް މިއަދު ރާއްޖެ ގެނެސްފިއެވެ.

މި ބޭސްތައް ރާއްޖެއަށް ގެނެސްދީފައިވަނީ އިންޑިއާގެ ސަރުކާރުގެ ޚާއްސަ އެހީތެރިކަމުގެ ދަށުން އިންޑިއާގެ އެއާފޯސްގެ މަތިންދާ ބޯޓެއްގައެވެ. ރާއްޖެއަށް މިއަދު ގެނެސްފައިވަނީ 6.2 ޓަނުގެ ބޭހެވެ. މި ބޭސްތައް ތާށިވެފައިހުރީ އިންޑިއާގެ އެކި ސިޓީތަކުގައެވެ. ބޭސް ނުގެނެވިހުރި ކޮވިޑް-19 ގެ ސަބަބުން ދަތުރުފަތުރަށް ދިމާވެފައިވާ ތާށިކަމެއްގެ ސަބަބުންނެވެ. އަދި އިންޑިއާގައި ވަނީ 21 ދުވަހުގެ ލޮކްޑައުން އެއް އިޢުލާން ވެސް ކޮށްފައެވެ.

މިފަދަ ޚުތޫރަތްތެރި ދަނޑުވަޅުގައި ވެސް މި ބޭސްތައް ރާއްޖެއަށް ފޮނުވައި ދެއްވީތީ އެސްޓީއޯއިން ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާ ކުރައްވައިފައެވެ. މި ބޭސްތަކުގެ ތެރޭގައި ކޮވިޑަށް ބޭނުންކުރާ ބޭސްތައް ވެސް ހިމެނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.