ކޮވިޑް-19: ޝައްކުވާ މީހަކާ ދިމާވެފައިވާނަމަ އަމިއްލައަށް ވެސް ކަރަންޓީނުވާންޖެހޭ: އެޗުޕީއޭ

މަރަދޫ ހެލްތު ސެންޓަރުގެ ނަރުހުން:

ކޮވިޑް-19 އަށް ޝައްކު ކުރެވޭ ނުވަތަ ޕޮޒިޓިވް ވެފައިވާ މީހެއް ނުވަތަ ޝައްކު ކުރެވޭ މީހަކާ ކޮންޓެކްޓް ވެފައިވާ ކަމަށް ވާނަމަ އެމީހަކު އަމިއްލައަށް ވެސް ކަރަންޓީންވާން ޖެހޭނެ ކަމަށް އެޗުޕީއޭއިން ހަދާންކޮށްދީފިއެވެ.

ގޭގައި ކަރަންޓީނުވުމަކީ އެހެންމީހުންނާ އެއްތަންވުމުންނާއި އެއްކޮށް އުޅުމުން ދުރުވެގަތުން ކަމަށް ވެސް އެޗުޕީއޭއިން ވިދާޅުވިއެވެ. އެ ބަލީގެ އަލާމާތެއް ނެތްކަމުގައި ވީނަމަވެސް، އެ ބައްޔަށް ޝައްކު ކުރެވޭ ނުވަތަ ޕޮޒިޓިވް ވެފައިވާ މީހަކާއެކު އެއްކޮޓްރިއެއްގައި ނުވަތަ ގެއެއްގައި ނުވަތަ އެއްތަނެއްގައި ވަގުތު ހޭދަކޮށްފައިވާ ފަރާތެއްނަމަ ގޭގައި ކަރަންޓީނުވާން ޖެހޭނެ ކަމަށް ވެސް އެޗުޕީއޭ އިން ވިދާޅުވިއެވެ.  ގޭގައި ކަރަންޓީނުވުމުގެ ސަބަބުން އެހެން މީހުންނަށް ކޯވިޑް-19 ޖެހުންމުން ހުއްޓުވާދެއެވެ.

އެގޮތަށް އަމަލު ކުރަންޖެހެނީ އެމީހަކާއި އެހެން އެހެން އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. އެއީ ފަސޭހައި ފެތުރޭ ބައްޔަކަށްވާތީ އެންމެ މީހެއްގެ ސަބަބުން މުޅި ގައުމަށް ބަލި ފެތުރި މުޅި ގައުމުން އަނދަޅަކަށް ވެއްޓުމުގެ ފަރުދީ ޒިންމާ އަދާކޮށް ކަމާބެހޭ ފަރާތްކުގެ އިރުޝާދު ތަކަށް އަމަލު ކުރުމަކޯ ކޮންމެހެން ބޭނުން ކަމެއް ކަމަށް އެޗުޕީއޭ އިން ވަނީ ވދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.