ކަރަންޓީން ކުރާ އެންމެން ދޫކުރާއިރު ޓެސްޓު ހަދާނަން: ޑރ. އަލީ ލަތީފް

ކަރަންޓީން ކުރާ އެންމެން ދޫކުރާއިރު ޓެސްޓު ހަދާނަން: ޑރ. އަލީ ލަތީފް: ފޮޓޯ ސަން

ކޮވިޑް-19 ގެ ސަބަބުން ކަރަންޓީން ކުރާ މީހުންގެ ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށްފަހު ދޫކުރާއިރު އެންމެން ކޮވިޑް-19 އަށް ޓެސްޓް ކުރާގޮތަށް މިހާރު ވަނީ ހަމަޖައްސަވާފައި ކަމަށް އައިޖީއެމްއެޗުގެ ޑރ. އަލީ ލަތީފް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ޕްރެސް ބްރީފިންގައި އޭނާ ވިދާޅުވީ މިހާރު އެވަރަށް ޓެސްޓްކިޓްތައް ވެސް ލިބިފައިވާކަމަށެވެ. އެކަން އެގޮތަށް ކުރައްވަން ނިންމެވީ ފާއިތުވިދިޔަތަނުން ލިބިފައިވާ ތަޖުރިބާގެ އަލީގައި ކަމަށްވެސް ވިދާޅުވިއެވެ. ކަރަންޓީނު ކުރާ އެންމެން ކުރިން ޓެސްޓް ނުހަދައެވެ.

ޑރ. ޢަލީ ލަތީފް ވިދާޅުވީ ވިދާޅުވީ ފާއިތުވި ދެތިންމަހަށް ބަލާއިރު ކޮވިޑް- 19 އަށް ވަނީ ކުއިކުރެފަރެންސް ގައިޑުލައިނެއް ހައްދަވާފައި ކަމަށެވެ. އެ މިހާރުވެސް ވަނީ ވަރަށްގިނަ ފަހަރަށް ބަދަލުވެސް ކުރެވިފައި ކަމަށް ވިދާޅުވިއެވެ. އެއަށް ބަދަލު ގެންނަނީ އައު ކަންކަން ނުވަތަ ހެކިތައް ފެނުމުން ކަމަށް ޑރ. ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން ބޭނުންކުރާ ވާޝަން އަކީ ވާޝަން 8. އިރާދަފުޅު ކުރެއްވިއްޔާ މާދަމާ އަޅުގަނޑުމެން ވާޝަން 9 ނެރޭނަން،" އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވާޝަން 8 ޓެސްޓްކުރަން ގެންގުޅޭ ހަމަތަކަށް ޓެކްނިކަލްނޫން މީހަކު ބަލައިފި ކަމަށްވާނަމަ އޮޅުން އަރައިފާނެކަމަށެވެ. ކޮވިޑަށް ޝައްކުކުރެވޭ މީހަކު ޕޮޒިޓިވް ވެއްޖެއްޔާ އަމަލުކުރާގޮތް އޭގައިވާގޮތަށް އޭނާ ވިދާޅުވެދެއްވިއެވެ. ޓެސްޓް ކުރުމުގެ ވަނީ ތިންބަޔަކަށް ބަހާލެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އެ ބަލި ވަރަށްކުޑަކޮށް ހުންނަ މީހުންނާއި، ވަރަށް ބަލިލީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވާ ހައިރިސްކު މީހުންނެވެ. ޑރ. ވިދާޅުވީ މީހަކު ޕޮޒިޓިވް ވެއްޖެއްޔާ ދެ ސާމްޕަލް ނަގައި ޓެސްޓްކުރައްވާ ކަމަށެވެ. އެހެންނަމަވެސް ކޮންޓެކްވެފައިވިޔަސް 14 ދުވަސް ތެރޭގައި އެއްވެސް ކަހަލަ އަލާމާތެއް ނުފެނިއްޖެއްޔާ ކޮންޓެކްޓްވި މީހަކު ޓެސްކުރުމަކާ ނުލައި ދޫކޮށްލައްވާ ކަމަށް ވެސް ވިދާޅުވިއެވެ. މިހާ ހިސާބަށް ކޮންޓެކްޓްސްގެ ޓެސްޓް ނުހެދިޔަސް ވާޝަން 9 ގައި ކޮންޓެކްޓްސް ވެސް ޓެސްޓް ހަދާ ގޮތަށް ހިމަނުއްވާފައިވާނެ ކަމަށް ޑރ. ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.