މަސްވެރިންނަށް ދަތި ނުވާނޭ ގޮތަށް ސަރުކާރުން ފައިސާ ދޫކުރާނެ: ރައީސް

މިދުވަސްވަރަކީ ރާއްޖޭގެ މަސްވެރިކަން ރަނގަޅު ދުވަސް ވަރެއް ކަމަށާއި ވޭތުވެދިޔަ ދެދުވަސް ތެރޭގައި ކޮންމެ ދުވަހަކު 300 އަށްވުރެ ގިނަ މަސްޓަނު މިފްކޯއަށް ވަނީ ކިރުވައިފައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެހެންކަމުން މިދުވަސްވަރު މަސްވެރިންނަށް ދަތިނުވާނެގޮތަށް، ވީއެންމެ ރަނގަޅަކަށް ސަރުކާރުން ފައީސާ ދޫކުރަމުން ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިއްޔެ ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިކަމަށް އެހީތެރިވެދިނުމަށްވެސް ސަރުކާރުން މިހާރު ވަނީ ޚާއްސަ ޕެކޭޖެއް އެކުލަވައިލައިފައި ކަމަށެވެ. އެގޮތުން ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ ކުންފުނިތަކަށް ލޯނު ދޫކުރަން މިހާރު ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިދުވަސްވަރު ދޮށީގެ މަސްވެރިކަންވެސް ރަނގަޅުވެގެންދިޔަރު ކޮރޯނާވައިރަސްގެ ސަބަބުން އިގްތިސާދު މިދަނީ އިނދަޖެހެމުންނެވެ. އޭގެ ކުރިންވެސް މަސްކިރުވުމަށްފަހު ވަގުތުން ފައިސާ ދިނުމުގެ ބަދަލުގައި ފައިސާ ދެމުން ގެންދިޔާއި ބަހާލައިގެންނެވެ. އެކަމުގެ ސަބަބުން މަސްވެރިންގެ ޝަކުވާ ވެސް ވަނީ އިތުރުވެފައެވެ.

މިޙާލަތުގައި އޮއްވައި މަސްވެރީންނަށް ރައީސް މިދެއްވި އުންމީދަކީ ދިވެހި މަސްވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.