މާތްވެގެންވާ މައްކާގެ ހޮޓަލެއްގައި ތިބި މީހުންގެ ތެރެއިން 72 މީހަކު ކޮވިޑް- 19 އަށް ފައްސިވެއްޖެއެވެ. ސައޫދީ ހެލްތު މިނިސްޓްރީއާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ޕޮޒިޓިވްވީ އެންމެންނަކީ ވެސް ތުރުކީ މީހުންެނެވެ.
ހެލްތު މިނިސްޓްރީގެ ރަސްމީ ތަރުޖަމާނު ވިދާޅުވެފައި ވަނީ މި އެންމެންނަށް ކޮވިޑް- 19 ޖެހިފައިވާކަން އެނގުނީ ކުރިން އެތަނުގައި ހުރި މީހަކު ވައިރަހަށް ފައްސިވުމާ ގުޅިގެން އެތަނުގައި ތިބި އެންމެެން ޓެސްޓުކުރުމުންނެވެ. ފައްސިވި އެެއްވެސް މީހެއްގެ ކިބައިން ކޮވިޑް- 19 ގެ އަލާމާތެއްް ފެނިފައި ނުވެއެވެ.
ސައޫދީ އަަރަބިއްޔާގައި މިއަދު 119 މީހަކަށް ކޮވިޑް- 19 ޖެހިފައި ވާއިރު، އެ ގައުމުގައި އެ ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 511 އަށް އަރާފައެވެ.
އެ ގައުމުގެ ހެލްތު މިިނިސްޓްރީން ހާމަކުރި ގޮތުގައި އެގައުމުގައި މިހާތަނަށް 23 ހާސް މީހުން ކޮވިޑް- 19 އަށް ޓެސްޓުކޮށްފައި ވެއެވެ.
Ohhh! Haadha dhera khabarekey
Yaa ahlla dhuniye mathimibali madukan fihlavaadhey Aameen