ރަންދެލިން ނެގި ސާމްޕަލް ނެގެޓިވް ވުމުން ރަށް ހުޅުވާލައިފި

ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޝަވަލް ބްލަންކް ރަންދެލި ރިސޯޓުން ނެގި ސާމްޕަލްގެ ނަތީޖާ ވަނީ ނެގެޓިވްވެފައި ކަމަށް ހެލްތު ޕްރޮޓެކްޝަންސް އެޖެންސީ (އެޗުޕީއޭ) އިން ވިދާޅުވެއްޖެއެވެ. އެ ސާމްޕަލް ނެގެޓިވް ވެފައިވާތީ އެ ރިސޯޓު މިހާރުވަނީ  މޮނިޓަރިންގްގެ ހާލަތުން ނަގައި ހުޅުވާލައިފައި ކަމަށް އެޗުޕީއޭއިން ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި މިހާތަނަށް ކޮވިޑް -19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން ދެމީހަކަށް ވަނީ ބަލި ރަނގަޅުވެފައެވެ. ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުހައްމަދު މަބްރޫކް ވިދާޅުވީ އެމީހުން ރަނގަޅުވިޔަސް އެދެމީހުން އިތުރު 30 ދުވަހަށް ކަރަންޓީން ކުރާގޮތަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އެ ދެމީހުންގެ އިތުރުން އަދިވެސް 11 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ވެސް ބައެއް މީހުން ކޮވިޑަށް ވަނީ ނެގެޓިވްވެފައެވެ.އެހެންނަމަވެސް އެކަން ކަށަވަރު ކުރެވޭނީ ޑަބަލް ނެގެޓިވް މުމުންނެވެ. ދެވަނަ ޓެސްޓް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ހެލްތު މިނިސްޓަރ ވަނީ މިރޭ ވިދާޅުވެފައެވެ.

މަބްރޫކް ވިދާޅުވީ މިހާތަނަށް ރާއްޖެއިން ވަނީ 565 ސާމްޕަލް ނަގާފައި ކަމަށެވެ. އެ ތެރެއިންވ 550 ސާމްޕަލް ވަނީ ނެގެޓިވްވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ގެންދަވަނީ މިބަލިން ރައްޔިތުން ސަލާމާތް ކުރުމަށްޓަކައި ތަފާތު ފިޔަވަޅުތައް އަޅައި އެފިޔަވަޅުތައް ހަރުދަނާ ކުރަމުްނެވެ. އިއްޔެ ވެސް 97 ދިވެހިންވަނީ އެކިގައުމުތަކުން ރާއްޖެއަށް އައިފަސްފައެވެ. މަބްރޫކު ވިދާޅުވީ ރަޝީގައި ތިބި ދިވެހިންގެ ތެރެއިން ދެ ކުއްޖަކު ވަނީ ކޮވިޑް-19 އަށް ޝައްކުކުރެވޭތީ ޓެސްޓްކޮށްފައި ކަމަށެވެ. އެމީހުން ވަނީ ނެގެޓިވްވެފައެވެ. ތިންވަނަ ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ. މަބްރޫކު ވިދާޅުވީ ރަޝީއާއިން ވަނީ އެކުއްޖާ އިތުރު ދިހަ ދުހަށް ކަރަންޓީން ވެސް ކޮށްފައިކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.