މަޖިލީހުގެ ޚަރަދުތައް 19.3 މިލިއަން ރުފިޔާއަށް ދަށްކުރުމަށް އަމާޒު ހިފައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ޚަރަދުތައް 19.3 މިލިއަނަށް ދަށްކުރުމަށް އަމާޒު ހިފައިފިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ފާހަގަ ކުރައްވައިފައެވެ.

ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި މެމްބަރުންގެ ކޮއްތާއި ބޯފެން ކަނޑާލުމަށް މަޖިލީހުގެ ނާއިބްރައީސް ކަނޑައެޅުއްވިކަމަށް މިއަދުގެ ޖަލްސާގައި މަޖިލީހުގެ ޚަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ބޯފެން ކަނޑާނުލެއްވުމަށް އެދި ވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ.

މަޖިލީހުގެ ހަރަދުތަކުން 19.3 މިލިއަން ރުފިޔާ ކަނޑަން ފިނޭންސް މިނިސްޓަރުގެ އިބްރާހިމް އަމީރު ވަނީ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަރިހުން އެދިވަޑައިގެންފައެވެ. ޚަރަދު ކުޑަކުރުމަށް ކުރައްވާ މަސައްކަތްތަކުން އެއަމާޒަށް ވާޞީލް ވެވޭނެކަމަށް މަޖިލީހުގެ ރައީސް މިއަދު ވިދާޅުވިއެވެ. ޚަރަދުތައް ކުޑަކުރަން ކުރަން ޖެހޭ ކަންކަން މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ އަބްދުﷲ އަށް އަންގަވާފައިވާ ކަމަށް މަޖިލީހުގެ ރައީސް އިއްޔެ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކޮއްތަށް، މެމްބަރަކަށް ދުވާލަކު 159.88 ރުފިޔާ ހަރަދުވާ ކަމަށް މަލީހުގެ ރައީސް ކުރިން ވަނީ ވިދާޅުވެފަ އެވެ. މަޖިލީހުގެ  87 މެމްބަރުން ކޮއްތަށް ދުވާލަކު 13،909.56 ރުފިޔާ ހަރަދު ވާނެ އެވެ. އާންމު ގޮތެއްގައި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަނީ ހަފްތާ އަކު ތިން ދުވަހު އެވެ. އެހެންކަމުން މަހަކު 12 ޖަލްސާ ބާއްވާނަމަ، މަޖިލިސް މެމްބަރުންގެ ކެއުމަށް މަހެއްގެ މައްޗަށް މަދުވެގެން 166،914.72 ރުފިޔާ ހަރަދު ވާނެ އެވެ.

މަޖިލީސް މެމްބަރުންގެ މުސާރައިން ވެސް 20 އިންސަތައް ކަނޑާ ލުމަށް އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕުން ވަނީ ހުށަހަޅައިފައެވެ. މުސާރައިގެ ގޮތުގައި ލިބިވަޑައި މެމްބަރުންނަށް ލިބިވަޑައިގަންނަވަނީ 42،500 ރުފިޔާއެވެ. އަދި ލިވިންގ އެލަވަންސްގެ ގޮތުގައި 20 ހާސް ރުފިޔާ ލިބިވަޑައި ގަންނަވައެވެ. އެހެންކަމުން ލިވިން އެލަވަންސާ އެކު މެމްބަރަކަށް މަހަކު ލިބިވަޑައި ގަންނަވާނީ 62،500 ރުފިޔާއެވެ.

މެމްބަރުންގެ މުސާރައިގެ ވިހި އިންސައްތަ އަކީ 8،500 އެވެ. އެޢަދަދު އުނިކުރުމުން ވެސް މެމްބަރުންނަށް މުސާރައިގެ ގޮތުގައި 34 ހާސް ލިބި ވަޑައިގަންނަވާނެއެވެ. 87  މެމްބަރުންގެ މުސާރައިން 20 އިންސައްތަ އުނިކުރުމުން ޖެހޭ ޢަދަދަކީ 739,500  ރުފިޔާއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.