ކޮވިޑް- 19 މައިތިރިކުރެވޭނެ ކަމަށް ބެލެވެނީ ޖޫން މަހު: ޗައިނާގެ ތަޖުރިބާކާރު

ޕްރޮފެސަރ ޒޮންގް ނަންޝާން

ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމަށް މިހާރު ފެތުރި، މުޅި ދުނިޔެއަށް ކޮންޓުރޯލުނުވެ ފެތުރެމުންދާ ކޮވިޑް- 19 (ކޮރޯނާ ވައިރަސް) ފެތުރުން ކޮންޓުރޯލު ކެރެވޭނެ ކަމަށް ލަފާކުރެވެނި އަންނަ ޖޫން މަހު ކަމުގައި ޗައިނާގައި މި ވައިރަސްއާ ދެކޮޅަށް މަސަައްކަތްކުރެއްވި ތަޖުރިބާކާރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ހެލްތު ކޮމިޝަންގެ ރައީސު އަދި ޗައިނާ ސަރުކާރަށް ސިއްހީ ކަންކަމުގައި ލަފާދެއްވާ އިސް އެޑްވަައިޒަރު ޕްރޮފެސަރ ޒޮންގް ނަންޝާން ވިދާޅުވި ގޮތުގައި، ދުނިޔޭގެ ގައުމުތަކުން މި ވަބާއާ މެދު ސީރިއަސްވެ، ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ތައްޔާރަށް ތިބި ނަމަ، މަދު މަސްތަކެެއްގެ ތެރޭގައި މި ބަލި ކޮންޓުރޯލުކުރެވޭނެއެވެ.

"އަހަރެންގެ ނަސޭހަތަކީ ޑަބްލިޔުއެޗްއޯއިން އަންގާ އެންގުންތަކަށް ތަބާވެ، ގައުމީ ފެންވަރެއްގައި ފިޔަވަޅު އަޅަން ގޮވާލުން." އުމުރުފުޅުން 83 އަހަރުގެ އެމިޑެމިއޮލޮޖިސްޓް ވިދާޅުވިއެވެ. "ހުރިހާ ގައުމެއް މިކަމުގައި ހަރަކާތްތެރިވެެއްޖެ ނަމަ ޖޫން މަހާއި ހަމައަށް ދާއިރު، މި ބަލީގެ ކަންތައް ނިމޭނެ."

ޑރ. ޒޮންގ އަކީ ދުނިޔޭގައި 2003 ވަނަ އަހަރު ފެތުރުނު ސާސް ވައިރަސް ކޮންޓްރޯލްކުރުމުގައި އިސްކޮށް ހަރަކާތްތެރިވެޑައިގެން އެކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ދެއްވި ކަަމަށް މަޝްހުރޫވެވަޑައިގެންނެވި ތަޖުރިބާކާރެވެ. އޭނާ ވިދާޅުވި ގޮތުގައި ސާސް އާއި ކޮވިޑް- 19 ގެ އާއިލާގައި ހިމެނޭ ވައިރަސްތަކުގެ ހަރަކާތް ހޫނު މުސުމުގައި ލަސްކަން ފާހަގަކުރެވެެއެވެ.

"ޖޫން މަހަށް އަހަރެން އަންދާޒާ މިކުރީ ހުރިހާ ގައުމަކުން އީޖާބީ ފިޔަވަޅު އަޅާނެކަމަށް ބަަލާފައި. އެހެނަސް، ބައެެއް ގައުމުތަކުން (މި ބަލި) ގައިން ގަޔަށް އަރާ މިންވަރު އަވަސްކަމާއި، އޭގެ ނުރައްކާތެރިކަމާ މެދު ސީރިޔަސް ނުވި ނަމަ، މި ބަލި ކޮންޓުރޯލުވާނީ އެއަށްވުރެ ލަހުން." ޕްރޮފެސަރ ޒޮންގ ވިދާޅުވިއެވެ.

ޑިސެންބަރު މަހު މެދުތެރޭގައި ޗައިނާގެ ހުބޭ ޕްރޮވިންސުގެ ވޫހާންގައި ފެތުރެން ފެށި ކޮވިޑް- 19 ވަނީ 114  ގައުމެއްގެ 1 ލައްކަ 26 ހާސް މީހުންނަށް ޖެހިފައެވެ. މީގެ ތެރެއިން 4 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ޗައިނާގައި މި ވަބާ މިހާރު މައިތިރިކުރެވިފައިވާކަން އެ ގައުގެ ސައްހީ އިދާރާތަކުން މިހާރު ވަނީ ހާމަކޮށްފަައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.