ކުޑަކުދިންގެ ލައިބްރަރީގެ ޚިދުމަތް މެދުކަނޑާލައިފި

މިއަދުން ފެށިގެން ކުޑަކުދިންގެ ލައިބްރަރީގެ ޚިދުމަތް މެދުކަނޑާލައިފި ކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ލައިބްރަރީގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލީ ކޯވިޑް-19 ވައިރަސް، އިން ކުޑަކުދިން ރައްކާތެރި ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.

"  12 މާރޗް 2020 ވާ ބުރާސްފަތި ދުވަހުން ފެށިގެން ކުޑަކުދިން ލައިބްރަރީ ވަގުތީގޮތުން ބަންދުކުރުމަށް ވަނީ ނިންމާފައެވެ. ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މަޢާފަށް އެދެމެވެ." މިނިސްޓްރީގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ރާއްޖެއިން މިހާތަނަށް ވަނީ 82 ސާމްޕަލް ނަގައި ކޮވިޑް 19 އަށް ޓެސްޓް ކޮށްފައެވެ. އޭގެ ތެރެއިން 8 ސާމްޕަލެއް ވަނީ ޕޮޒިޓިވް ވެފައެވެ. އަދި މިހާތަނަށް 204 މީހަކު ވަނީ 4 ރިސޯޓެއްގައި އައިސޮލޭޓް ކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.