ޓްރެވެލް ކުލިނިކާއި ފުލޫ ކުލިނިކުގެ ޚިދުމަތް ފަށައި

މުޙައްމަދު މަބުރޫކް

ކޮވިޑް 19 ރާއްޖެއިން ފެނުމުން އެކަމުން ސަލާމަތްވުމަށް މަގު ފަހިކުރުމުގެ ގޮތުން ސަރުކާރުން ފުލޫކުލިނިކާއި، ޓްރެވެލް ކުލިނިކް ހުޅުވައިފިއެވެ.

ކޮވިޑް 19 އާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބުރޫކު އަޒީޒު މިއަދު ވިދާޅުވީ ފުލޫ ކުލިނިކު ހިންގަމުން ގެންދަނީ ސެނަހިޔާ ހޮސްޕިޓަލުގައި ކަމަށެވެ. އެތަނަށް ދައްކާނީ އެއްވެސް ޓްރެވަކް ހިސްޓްރީއެއް ނެތި ރޯގާޖެހޭ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޓްރެވެލް ކުލިނިކު ހުޅުވީ މިއަދު ހެނދުނު 10:00 ގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެތަން ހުންނާނީ ސިނަމާލެ 2 ގެ ފުރަގަހުގައި އޮތް ޖާގައިގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެކުލިނުކުން 24 ގަޑިއިރު ޚިދުމަތް ލިބެނެއެވެ. އެތަނަށް ދައްކާނީ ބޭރަށް ދަތުރުކޮށްފައި އަންނަ މީހުންނެވެ.

މަބުރޫކު ވިދާޅުވީ މިހާތަނަށް ވަނީ ކޮވިޑް 19 އަށް ޓެސްޓު ކުރުމަށް 71 ސާމްޕަލް ނަގައި ޓެސްޓްކޮށްފައި ކަމަށެވެ. އޭގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 6 މީހުންނެވެ. ސާމްޕަލް ވަނީ ނެގެޓިވް ވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.