އައިސޮލޭޓު ކުރަންޖެހޭ މީހުންނަށް ލިޔުމެއް ހަވާލު ކުރަނީ

ކޮވިޑް 19 ގެ އަލާމާތްތައް ފެނި އައިސޮލޭޝަނަށް ދާމީހުންނާ ފުލުހުން ލިޔުމެއް ހަވާލު ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބުރޫކް ޢަބްދުލް ޢަޒީޒު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނިއުސް ކޮންފަރެންސްގައި އޭނާ ވިދާޅުވީ ފުލުހުން ދޭ ލިޔުމާ ޚިލާފުވާ ކަމަށްވާނަމަ އެކަން ފުލުހުން ބަލަމުންދާނެކަމަށެވެ. އޭގައި ހުންނާނީ އެފަދަ މީހުން ޢަމަލުކުރަންޖެހޭ އުސޫލުތަކެވެ.

މަބުރޫކު ވިދާޅުވީ މިހާރު ކޮވިޑް 19 އަށް ޕިޒިޓިވްވެފައިވާ 8 މީހުންނަށްފަހު އަދި އިޔުރު މީހަކު ޕޮޒިޓިވްވެފައި ނުވާކަމަށެވެ. އަދި މިހާރު ޕޮޒިޓިވް ވެފައިވާ މީހުންގެ ޙާލު މިވަގުތަށް ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި ޑރ. މޫސާ މުރާދު ވިދާޅުވީ ރޯގާޖެހޭ ބިދޭސީން ޑޮކްޓަރަށް ދެއްކުމަށް މިއަދުވަނީ ހުޅުމާލޭގައި ޚާއްސަ ކުލިނިކެއް ހުޅުވާފައި ކަމަށެވެ. އެތަނުގެ އިތުރުން ސެނަހިޔާގައި ވަނީ ފުލޫކުލިނިކެއް ހުޅުވައި މީހުން ބަލަން ފަށައިފައެވެ. އެތަނުން ފަރުވާ ހޯދަންދާންޖެހޭނީ އެއްވެސް ތާކަށް ދަތުރުކޮށްފައި ނުވަނީސް ރޯގާގެ އަލާމާތްތަކާއި ހުމުގެ އަސަރު ފެންނަ މީހުންނެވެ. ކޮންމެ ދުވަހަކު ހެނދުނުން ފެށީގެން ރޭގަނޑު 9:00 އަށް އެތަނުން ޚިދުމަތް ލިބޭނެއެވެ. އޭގެ އިތުރަށް ސިނަމާލެ 2 ގެ ފުރަގަހުގައި ވަނީ ޓްރެވެލާސް ކުލިނިކެއް ހުޅުވައިފައެވެ. އެތަނަށް ފަރުވާ ހޯދަންދާނީ ބޭރުގައުމުތަކުން އަންނަ މީހުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.