ކުރެއްދޫގައިހުރި ޑޮކްޓަރެއްގެ ގައިން ކޮރޯނާގެ އަލާމާތް ފެނުމުން އޭނާ ކަރަންޓީނު ކުރުމުގެ މަސައްކަތް ފަށައިފި

ޅ. ކުރެއްދޫ ރިސޯޓުގައި ހުރުމަށްފަހު އެނބުރި ގައުމަށްދިޔަ ފަހުން ކޮރޯނާއަށް ޕޮޒިޓިވްވިކަން އެނގުނު ފަތުރުވެރިއަކަށް އެރިސޯޓުގައި ފަރުވާދިން ޑޮކްޓަރު ކަރަންޓީނު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ޅ. ނައިފަރު ކައުންސިލްގެ ރައީސް މުޙައްމަދު ކާރިމް ވިދާޅުވީ އެ ޑޮކްޓަރު ކަރަންޓީނު ކުރުމުގެ މަސައްކަތް ފެށީ އެޑޮކްޓަރުގެ ގައިން ކޮރޯނާ ވައިރަސްގެ އަލާމާތްތައް ފެންނަމުންދާތީ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ މަޢުލޫމާތު ލިބުމުން ހެލްތު މިނިސްޓްރީއާއި، ޕަބްލިކްހެލްތާއި، އެޗުޕީއޭއާއި ޅ. ނައިފައިފަރު ހޮސްޕިޓަލް ގުޅިގެން އެމީހާ އެކަހެރިކޮށް، ޓެސްޓްކޮށް އަދި މޮނިޓަރ ކުރުމުގެ މަސައްކަތް ވަގުތުން ފަށައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. "އެ ޑޮކްޓަރު އައިސޮލޭޓު ކުރުމަށް ދިޔަ ޓީމު ދިޔައީ ރައްކާތެރި ކަމުގެ ފިޔަވަޅުއަޅައިގެން. އެކަމަށް ޚާއްސަކޮށްފައިވާ ގިއަރގައި،" ކާރިމް ވިދާޅުވިއެވެ. އެއީ އިޓަލީ މީހެކެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ކަރަންޓީނު ކުރުމަށް ގެންދަނީ ފަރުކޮޅުފުށްޓަށެވެ. ކުރެއްދޫ ރިސޯޓަކީ އާންމުކޮށް އިޓަލީގެ ފަތުރުވެރިން އަންނަ ރިސޯޓެކެވެ. ވ. ތިނަދޫގައި ހުރި އިޓަލީ މީހެއްގެ ގައިން ކޮރޯނާގެ އަލާމާތްތައް ފެނގެން އޭނާ ވެސް ވަނީ ކަރަންޓީނު ކޮށްފައެވެ.

ކުރެއްދޫގައި މިކަންދިމާވުމުން މިހާރުވަނީ އެރަށަށް އަރައި ފޭބުންވެސް މަނާކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.