ދާރުލްއާސާރާއި، އުތީމު ގަނޑުވަރު ބަންދުކޮށްފި

ރާއްޖޭއިން ކޮވިޑް-19 ފެނުމުގެ ސަބަބުން ރައްކާތެރި ފިޔަވަޅެގެ ގޮތުގައި ޤައުމީދާރުލްއާސާރާއި، ހއ. އުތީމުގައި ގަނޑު މިއަދުން ފެށިގެން ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

އެތަންތނުގެ އިތުރުން ގދ. ތިނަދޫގައި ހުންނަ ހުވަދޫ ސަރަޙައްދީ ދާރުލްއާސާރޫވެސް ވަނީ ބަންދުކޮށްފައެވެ. އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިކަމަކަށް މައާފަށް އެދޭ ކަމަށް ހެރިޓޭޖު މިނިސްޓްރީން ވިދާޅުވެފައެވެ.

މިނިސްޓްރީން އެގޮތަށް ނިންމެވީ އެފަދަ ތަންތަނަކީ ވަރަށްގިނަ މީހުން އެއްވެ އުޅޭތަންތަނަށް ވުމުންނެވެ. ޚާއްދަކޮށް އުތީމު ގަނޑުވަރާއި ޤައުމީ ދާރުލްއާސާރަކީ އެކިދިމަދިމާއިން މީހުން ޒިޔާރަތް ކުރާ ދެތަނެވެ. ހެލްތުޕްރޮޓެކްޝަން އެޖެންސީން ވެސް އިލްތިމާސް ކުރައްވާފައިވަނީ މީހުންން ގިނައިން އެއްވާ ތަނަށް ނުދިއުމަށާއި، ގިނަ މީހުން ބައިވެރިވާ ޙަރަކާތްތައް މިދުވަސްވަރު ނުބޭއްވުމަށް ވެސް އެޗުޕީއޭއިން ވަނީ އިލްތިމާސްކުރައްވައިފައެވެ.

މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް 19 ޖެހިފައިވާ 6 މީހުން ފެނިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.