ކޮވިޑް 19 ގެ ސަބަބުން ކަންބޮޑުނުވުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ކޮވިޑް 19 ގެ ސަބަބުން ކަންބޮޑުނުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ކޮވިޑުން ސަލާމަތްވުމަށްޓަކައި ރައްޔިތުންގެ ސަލާނަތާއި ރައްކާތެރި ކަމަށް ސަރުކާރުން އަޅުއްވަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް މިހާރުވެސް ގެންދަވަނީ އަޅުއްވަމުން ކަމަށެވެ.

އެހެންކަމުން މިވަގުތު ކަންބޮޑުވުމާއި ހާސްކަމުގެ ތެރެއަށް ނުވަދެ ޑޮކްޓަރުންނާއި އެޗުޕީއޭގެ އިރުޝާދުތަކަށް އަމަލު ކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.

"ކޯވިޑް 19 އާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން މިދަނީ ކުރަމުން. މިވަގުތު ކަންބޮޑުވުމާއި ހާސްކަމުގެ ތެރެއަށް ވަޑައިނުގެން ޑޮކްޓަރުންނާއި އެޗުޕީއޭ ގެ ލަފަޔާއި އިރުޝާދަށް ޢަމަލުކުރައްވަމުން ގެންދެވުމަށް އިލްތިމާސް ކުރަން،" ރައީސްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ކޮވިޑް 19 މުޅި ދުނިޔެއަށް ފެތުރި މިހާރުވަނީ ރާއްޖެއަށް ވެސް އައިސްފައެވެ. ރާއްޖޭއިން ދެމީހަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ. ޕޮޒިޓިވްވި ދެމީހުން ފެނިފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ. އެދެމީހުންނަކީ އެ ރިސޯޓުގެ މެނޭކުމަންޓުގައި މަސައްކަތް ކުރާ ދެ ބިދޭސީންނެވެ. އެމީހުންނަށް ފަރުވާ ދިނުމުގެ ކަންކަން ކަރަންޓު ފެސިލިޓީގައި ކުރިއަށްދާ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.