އިންތިޚާބު ފަސްކުރަން ކޯޓަށް ހުށަހަޅައިފި

ލޯކަލްކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ އިންތިޚާބު ފަސްކޮށްދިނުމުގެ އަމުރަކަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހައިކޯޓަށް ހުށަހަޅައިފިއެވެ.

އީސީން ހައިކޯޓަށް ހުށަހެޅީ ރާއްޖެއަށް މިހާރު ދިމާވެފައިވާ ކޮވިޑް-19 ގެ ހާލަތު ރަނގަޅުވަންދެން އިންތިޚާބު ފަސްކޮށްދިނުމަށެވެ. އިންތިޚާބު ބޭއްވުމަށް ފުރަތަމަ ނިންމާފައިވަނީ އެޕްރީލް 4 ގައެވެ. އެހެންނަމަވެސް އެފަހުން އީސީން އިންތިޚާބު އެޕްރީލް 18 އަށް ލަސްކޮށްފައެވެ.

މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އީސީގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ ކޮވިޑް-19 ސަބަބުން އިންތިޚާބަށް ތައްޔާރުވާން ހިންގަންޖެހޭ ބައެއް ހަރަކާތައްވެސް ހުއްޓިފައިވާ ކަމަށެވެ. އެފަދަ ހަރަކާތައް ކުރިއަށް ނުގެންގޮސް އެޕްރީލް 18 ގައި އިންތިޚާބު ނޫބޭއްވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. "އެޕްރީލް އަށާރައިގައި އިންތިޚާބު ބާއްވާ ކަމަށްވާނަމަ އަޅުގަނޑުމެން އެބަޖެހޭ އިންތިޚާބަށް ތައްޔާރުވުމުގެ ހަރަކާތައް ބާއްވަން. އެކަން ނުބާއްވައި ތައްޔާރެއް ނުވެވޭނެ،" ޝަރީފް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.