މުލީ ރީޖަނަލް ހޮސްޕިޓަލް އޮޕަރޭޝަން ތިއޭޓަރު ތެރޭގައި ދެ ޑޮކްޓަރަކު މާރާމާރީ ހިންގައިފި

މ. މުލީ ރީޖަނަލް ހޮސްޕިޓަލް އޮޕަރޭޝަން ތިއޭޓަރު ތެރޭގައި ދެ ޑޮކްޓަރަކު މާރާމާރީ ހިންގައިފިއެވެ.

ފުލުހުން ބުނީ މުލީ ރީޖަނަލް ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރު ތެރޭގައި ދެ ޑޮކްޓަރަކު މާރާމާރީ ހިންގި މައްސަލަ ހުށަހަޅާފއި ވަނީ މިއަދު ހެނދުނު 9:45 އެހައިކަންހާއިރު ކަމަށެވެ.

މާރާމާރީ ހިންގާފައިވަނީ އިންޑިއާ ޑޮކްޓަރަކާއި ނޭޕާލް ޑޮކްޓަރެކެވެ. އެދެމީހުންނަށްވެސް އެކިވަރުގެ އަނިޔާވެފައިވާކަމަށާއި މައްސަލަ ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ. ދެމީހުންގެ ވެސް މޫނުމަތީން ލޭފައިބާތަން ފޮޓޯތަކުން ފެނެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި ދެ ޑޮކްޓަރުން މާރާމާރީ ހިންގާފައިވަނީ އޮޕަރޭޝަން ތިއޭޓަރަށް މީހަކު ވައްދާފައިވަނިކޮށެވެ. އަދި މި މާރާމާރީގައިއެދެ ޑޮކްޓަރުންގެ އަނގަމަތި ފަޅައިގެންގޮސްފައިވާކަން މީސްމީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.